ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 04:28
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލިފާންގެ ހާދިސާ ހިނގި ސަރަހައްދުތައް ބައްލަވާލައްވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލިފާންގެ ހާދިސާ ހިނގި ސަރަހައްދުތައް ބައްލަވާލައްވަނީ
ރައީސް އޮފީސް
އަލިފާނުގެ ހާދިސާ
ފިނޭންސް މެދުވެރިކޮށް ހާލުގަޖެހުނު އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ
 
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފިނޭންސް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންތައްތައް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމަައިފިއެވެ.

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ކަންކަން ކުރިޔަށްގެންދަވާނެ ގޮތްތަކާ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށްޓަކައި ކުރަންޖެހޭ ކަންކަމާ އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖުލީހުގެ ކުއްލި ބައްދަލުވުމެއްގައި ވަނީ މަޝްވަރާތައް ކުރައްވާފަ އެވެ. ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކަކާ، އަދި ގުދަންތަކެއް ހިމެނޭގޮތަށް ހިނގި މި ހާދިސާއާ ގުޅިގެން މަޝްވަރާކުރުމަށް ބޭއްވެވި ކުއްލި ޖަލްސާ ބާއްވަވާފައި ވަނީ ހުކުރު ދުވަހުގެރޭ މުލީއާގޭގައެވެ.

މި ޖަލްސާގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކުގެ ކަންކަން ކުރިޔަށްގެންދެވާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އޭގެތެރޭގައި މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް މާލީގޮތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދެވުމަށް ނިންމެވިއެވެ. އަދި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށްގެންދަވަން ވަޒީރުންގެ މަޖުލީހުގައި ނިންމެވިއެވެ.

ހާދިސާގައި އަނިޔާވި ބައެއް ފަރާތްތަކުގެ ހާލު ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ވަޒީރުންގެ މަޖްލީހުން ވަނީ ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށް އަޅުއްވަންޖެހޭ ފިޔަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ކެމިކަލްފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދަވާނެ ޕްލޭނެއް ވިހާ އަވަހަކަށް އެކުލަވާލެއްވުމަށް ވެސް ވަޒީރުންގެ މަޖުލީހުން ވަނީ ނިންމަވާފައެވެ.

ހުކުރު ދުވަހުގެރޭ ހިނގާ ދިޔަ އަލިފާނުގެ ހާދިސާގައި ހަތް ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އަލިފާން ރޯވެފައިވަނީ ކެމިކަލް ހުރި ގުދަނެއްގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް