ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 01:23
އައިޝަތު ޝައުނާ
އައިޝަތު ޝައުނާ
ޓްވިޓަރ
ރިޕޯޓު - ހ އަބަދަށްފެހި މަގުގެ ގެތަކުގައި އަލިފާން
ޝައުނާ އެންމެ ފަހުން ގުޅީ ބޭބެއަށް، ފަހު ބަހަކީ "އިމާރާތުގައި ތާށިވެފައި ހުރި" ވާހަކަ
 
ޝައުނާގެ 2 ދަރިންވެސް ތިބޭ
 
ޝައުނާ ތަކުރާރުކޮށް ބުނަމުން ދިޔައީ އިމާރާތުން ނުނިކުމެވިގެން އުޅޭ ވާހަކަ
 
ހުކުރު ދުވަހުގެ ރޭ 7:40 ހާއިރު ސިރާޖުގެ ކޮށްކޮ އައިޝަތު ޝައުނާ ގުޅި

ހުކުރު ދުވަހުގެރޭ ހިތްގައިމު ވަގުތުގައި އަހުމަދު ސިރާޖު އިނީ ރައްޓެހިންނާއެކު ކޮފީއަކަށް އިންސާފުކޮށްލުމަށެވެ. ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ނަމަވެސް މި ހިތްގައިމުކަން ވިއްސިވިހާލިވެގެން ދިޔައީ އައި އެންމެ ފޯން ކޯލެއްގެ ސަބަބުންނެވެ.

ހުކުރު ދުވަހުގެ ރޭ 7:40 ހާއިރު ސިރާޖުގެ ކޮއްކޮ އައިޝަތު ޝައުނާގެ ކޯލެއް އައެވެ. އިވިގެން ދިޔައީ ހިތަށްވެސް ނާރާފަދަ ހިތާމަވެރި ވާހަކައެވެ. އޭނާ ދިރިއުޅެމުންދިޔަ އިމާރަތް ހ. ރަދުވާނިއާގައި އަލިފާން ރޯވެ އަނދަމުންދާ ވާހަކައާއި، އިމާރާތުގެ ތެރޭގައި ނުނިކުމެ ތާށިވެފައިހުރި ވާހަކައެވެ.

އެ ވާހަކަ ދެކެވުމަށްފަހު 2 ވަނަ ފަހަރަށްވެސް ޝައުނާގެ ބޭބެ ޝައުނާއަށް ގުޅިއެވެ. އޭރުވެސް ޝައުނާ ތަކުރާރުކޮށް ބުނަމުން ދިޔައީ އިމާރާތުން ނުނިކުމެވިގެން އުޅޭ ވާހަކައެވެ. ޝައުނާގެ ބޭބެ "ރާއްޖެއެމްވީ" އަށް މައުލޫމާތު ދިން ގޮތުގައި ޝަައުނާގެ ފަރާތުން އިވުނު އެންމެ ފަހު ބަހަކީވެސް "އިމާރާތުގައި ތާށިވެފައި ހުރި" ކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް ދެން ގާތް މީހެއްގެ ފޯން ކޯލުން އިވިގެން ދިޔަ ޚަބަރަކީ ޝައުނާގެ ފުރާނަ މި ދުނިޔެއާއި އަލްވަދާއުކީ ޚަބަރުކަމަށް ހިތާމަވެރި އަޑަކުން ޝައުނާގެ ބޭބެ ސިރާޖު ކިޔާދިނެވެ.

އެހިސާބުން އިތުރު މައުލޫމާތު ދެވޭ ވަރަށްވުރެ ސިރާޖުގެ ހާލަތު ހުރީ ގޯސްވެފައެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.

ބޭބެއާއެކު އެގޭގައި ޝައުނާ ދިރިއުޅެމުންދާއިރު، ޝައުނާގެ 2 ދަރިންވެސް ތިބެއެވެ. ނަމަވެސް ޝައުނާގެ 18 އަހަރުން މަތީގެ މި ދެކުދިންވެސް ދިރިއުޅެނީ ޝައުނާއާއި ވަކިންނެވެ. ގުރުއާނުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ ޝައުނާއާ ދެން ބައްދަލުވެދާނެކަމަށް އާއިލާގެ އުއްމީދު ކުޑައެވެ.

ޝައުނާ ދިރިއުޅުން އިމާރާތުގެ ތެރެއިން ހަށިގަނޑެއް ފެނިފައިވާއިރު، އެ ހަށިގަނޑު ފެނުނު އިރު ފިހިފައިވުމުގެ ސަބަބުން ހަށިގަނޑު ވަކިވެސް ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެގޮތުން ޝައުނާ މަރުވި ކަމުގެ ޚަބަރު ގާތް ފަރާތްތަކުން އާއިލާއަށް ލިބެމުން ދިޔަ ނަމަވެސް އިމާރާތުގެ ތެރެއިން ފެނިފައިވަނީ ޝައުނާގެ ހަށިގަނޑުކަން ނުވަތަ ނޫންކަން ކަމާބެހޭ ފަރާތަކުން މިހާތަތަނަށް ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
97%
1%
1%
0%
ކޮމެންޓް
21 ސެޕްޓެންބަރ 2019 | ހޮނިހިރު 09:31
ބިރުވެތިވޭ
އިޝާ ނަމާދު ވަުގުތު ކޮފީ ބޯން އިނީމަ ހިތްގައިމެއް ނޫން. ަަަަަަަަަަަަަަަަަ އާއިލާއަށް ކެތްތެރިކަން ދެއްވާށި
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި