ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 00:28
އަލިފާން ރޯވެފައިވާ ސަރަހައްދު
އަލިފާން ރޯވެފައިވާ ސަރަހައްދު
ރާއްޖެއެމްވީ
ފެހިއާބާދުގޭ އަލިފާނުގެ ހާދިސާ
ޒުވާނާ ބުނި ބަހަށް ސަމާލުކަން ދިންނަމަ މިއަދު މާޔޫސް ވާކަށް ނުޖެހުނީސް ނޫންތޯ؟
 
މިފަދަ ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން މުހިންމުކަން އަޅުގަނޑުމެންނަށް އަންގައިދީފައިވޭ

ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ވާހަކަ އަޑުއެހީ ނުހަނު ހިތް ނުތަނަވަސްކަމާއި އެކުގައެވެ. މާޔޫސްކަމާއި ކަންބޮޑުވުމާ އެކުގައެވެ. އަލިފާން ރޯވީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގަޔޭ ބުނުމުން އެ ކަންބޮޑުވުންތައްވީ އިތުރެވެ. ދެން ނަޒަރު ހުއްޓިގެން ދިޔައީ ހަމަ މިފަދަ އެހެން ކެމިކަލް ގުދަނަކާއި ބެހޭގޮތުން ޒުވާނަކު ކޮށްފައިވާ ޓްވީޓަކަށެވެ. މި ހާދިސާ ހިނގުމާއެކު އެތައް ބަޔަކު ދިޔައީ ސޯޝަލް މީޑިއާގައި އެ ޓްވީޓް ޝެއަރ ކުރަމުންނެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެ ޒުވާނާ ކޮށްފައިވާ ޓްވީޓެއްގައި، މިފަދަ ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން މުހިންމުކަން އަޅުގަނޑުމެންނަށް އަންގައިދީފައިވެއެވެ. އޭނާ އޭރުވެސް ސުވާލު އުފައްދާފައިވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގަންދެން، އެއްވެސް ރައްކާތެރި ފިޔަވަޅެއް ނާޅާ ހަމަ ތިބެންވީހޭ ބުނެއެވެ. ޒުވާނާ ބުނިބަސް އަހާ ސަމާލުވެވުންނަމައޭ މިހާރު ހިތަށް އަރާނެކަން ހަމަ ޔަގީނެވެ. ނަމަވެސް ވަގުތު މިވަނީ ފާއިތުވެފައެވެ.

ޒުވާނާ ޓްވީޓްކުރީ ސީދާ މިހިނގައި ދިޔަ ހާދިސާއާ ގުޅުންހުރި ގުދަން ކަމުގައި ނުވިޔަސް، އެބުނަން އުޅޭ އެއްޗެއް ވަރަށް ރަނގަޅަށް ދޭހަވެއެވެ. ތޮއްޖެހިފައިވާ މާލޭގައި ގުދަންތައް ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުގެ މެދުގައެވެ. ގުދަން ތިރީގައި ހުރެ، މަތީގައި މީހުން ދިރިއުޅޭ ގެވެސް މަދެއް ނޫނެވެ. އަދި އެތަންތަނުގައި ކާބޯތަކެތިން ފެށިގެން ގޮސް އެންމެ ނުރައްކާތެރި ކެމިކަލްތަކަށް ދާންދެން ރައްކާކުރެވޭ އިރު، ބަޔަކު ކިތަންމެ އަޑު އުފުލިޔަސް، ގާނޫނީ ގޮތުން އެފަދަ ކަމަކާ ދެކޮޅަށް އެޅޭނެ ފިޔަވަޅެއްވެސް ނެތެވެ.

ހިނގި އަލިފާންގަނޑުގެ ތެރެއިން

މިއީ ލިބުނު ފިލާވަޅެއް، ކުރިން ރައްކާތެރިކަމުގެ ރަޖާ އޮޅުންނަމަ ގައިމު މިހެނެއް ނުވީހެވެ. ނަމަވެސް އަދިވެސް ކުރެވިދާނެ ކަމެއް އެބައޮތެވެ. އާންމު ފަރުދުން ދައްކާ މިފަދަ ވާހަކަތަކަށް ސަމާލުކަންދީގެން ދެންވެސް އަޑުއަހައިފިނަމަ، މިފަދަ ހާދިސާތައް މަދުވެގެން ދާނެއެވެ. ގެއްލިގެން އެދިޔައީ ބައެއްގެ ގެދޮރެވެ. ބައެއްގެ ފަރުވާކުޑަ ވުމުގެ ސަބަބުން ބައެއްގެ މުސްތަގުބަލު އެވަނީ ބަނަވެފައެވެ. މިހެން މި ދަންނަވަނީ ވަކި ބައެއްގެ ބޮލުގައި މިކަމުގެ އިލްޒާމު އަޅުވާކަށް ނޫނެވެ. މިވާހަކަ ތަކުރާރު ކޮށްގެންވެސް މިފަދަ ހާދިސާތައް މަދުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރޭތޯއެވެ.

ބައެއް ގޭގޭގައި ނުގަވައިދުން ޕެޓްރޯލް ފަދަ އަލިފާނުގެ ހާދިސާތަކަށް މަގުފަހިވާ ފަދަ ތަކެތި ވިއްކާ ކަމުގެ ވާހަކަ އޮތީ އަޑުއިވިފައެވެ. އަދި މިފަދަ ފޫނުބެއްދޭވަރުގެ ބޮޑެތި ހާދިސާތައް ރާއްޖޭގެ ތާރީހުގައި ކުރިން ހިނގާފައިވާއިރު، އެވަރުންވެސް ދިވެހިން މިކަމުގައި ފަރުވާކުޑަ ކުރުމަކީ އަޅުގަނޑު ހަމަ ހައިރާން ވާ ކަމެކެވެ. ދެންވެސް މާޒީއިން ފިލާވަޅު ލިބި، އަވަސްވެގަންނަންވީ މިކަންކަން ހައްލުކުރަންށެވެ. ދިވެހި ހަރުބަހަކުން ބުނަނީނަމަ "ރައްކާވެތިބިއްޔާ ދަތުރެވެ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
4%
0%
82%
9%
2%
2%
ކޮމެންޓް
21 ސެޕްޓެންބަރ 2019 | ހޮނިހިރު 16:30
ޙިދާ
" ރައްކާަވެތިބިއްޔާ ދަތުރު " މިިހަމަވަރައްރަގަޅު ހަރުބަހެއް ހުރިހާ އެންމެންވެސް މިކަމަށްވިސްނައިގެން އުޅުން ރަގަޅު...
21 ސެޕްޓެންބަރ 2019 | ހޮނިހިރު 12:44
ޝީން
އެޒުވާނާއަށް ފެނުނު ތަނެއްގެވާހަކަ ދޯ ބުނެވޭނީ?
21 ސެޕްޓެންބަރ 2019 | ހޮނިހިރު 11:18
ކަލޯ
އެނދީ އެތަނެއްނޫން،
21 ސެޕްޓެންބަރ 2019 | ހޮނިހިރު 06:45
ސާޔާ
މާރިޔާމެން ޝިފާމެން އިސްތިއު ފާދޭންޖެހޭ
21 ސެޕްޓެންބަރ 2019 | ހޮނިހިރު 03:04
ދިވެހިންގެ ހާލަތު
ކޮންމެވެސް ހިތާމަވެރި ހާލަތެއް ދިމާވާ އިރަށް މިތިބަ ހުރިހާ އެންމެން ފުމެ މިނަގަނީ ކޮން މެޑެލެއް ޖަހަންތޯ؟ އެމީހަކަށް ކިޔުނު މޮޅު އެއްޗެއް ސޯސަލް މީޑިޔާއަޢް މިއުކަނީ މީކުނިގޮޑެއް ކަމަށްތޯ. ޒުވާނާ ބުުނި އެއްޗެއް އޭރު ސާފުނުވީ ހަމަ އެކަނި ސަރުކާރައްތޯ؟ ނޫސްވެރިންގެ ޒިންމާ ނެތީތޯ؟ އާއްމު މީހާގެ ފަރުދީ ޒިންމާ ނެތީތޯ؟ މިކަން ހިތާމަވެރި ކަމަކަށް ވީމަ އެކަމަށް ޖޯކު ޖަހައި ސަރުކާރަށް ފާޑު ކިޔައި އިސްތިއުފާއަށް ގޮވައި މިނަގަނީ މީ ދެދުވަހުން ހަދާން ނެތޭ މިބިމަށް އުފަންވި ދިވެހިން ނޫންތޯ؟ ދާދި މިދާކަށް ދުވަހު ލޯންޗު ބަންޑުންވި ހާދިސާ ހަދާން އެބަހުރިތޯ؟ ކުށްވެރިވީ ސަރުކާރު. މިއަދު ވެސް ހަމަ އެހާލަތު. ލައިފް ޖެކެޓް މިހާރުވެސް އަޅަނީ ހިތައް އެރިއްޔާ. ދިވެހިންގެ ގިނަބަޔަކައް އެެއީވެސް އަޅަން ލަދުވެތި އެއްޗަކަށް ވަނީ ވެފައި. ޒުވާނާ އާންމު ކުރި ޕޯސްޓު މިތިބި ދިވެހިން އެންމެން ވެގެން ސެއަރ ކޮށް މުޅި ސޯސަލް މީޑިޔާ އެދުވަހު އެފުށް މިފުށައް ޖަހާނުލީ ކީއްވެތޯ؟ ހަގީގަތަކީ މި ދިވެހިންނަކީ ދެއްކުންތެރި ބުނާބަހުގައި އިހުލާސްތެރި ބައެއްނޫން.
21 ސެޕްޓެންބަރ 2019 | ހޮނިހިރު 01:17
ބައިވަރު
އެންމެ ޒުވާނެއް؟ މީ އެތަށް ބަޔަކު އަބަދު ދައްކާ ވާހަކަ އެއް
21 ސެޕްޓެންބަރ 2019 | ހޮނިހިރު 00:30
ޖޭމްސް
އެ ޒުވާނާ ގެ ބަސް ނޭހުމުން އޭނާ ކުރި ކަމެއް ނޫންބާ؟ ހައިލީ ފްލޭމަބްލް ކެމިކަލް އެތަކެއް ތަނެއްގައި ހުއްޓައި އެ ޒުވާނާ އެތަނުގެ ވާހަކަ ބުނީ ކީއްވެ؟