raajjemv logo
އެކްޓިވިސްޓް ގުލަލައި
އެކްޓިވިސްޓް ގުލަލައި އިސްމާއިލް އެެމެރިކާގެ ހިމާޔަތް ހޯދަނީ
 
އެމެރިކާގެ ހިމާޔަތަށް އެދިފައިވީނަމަވެސް އޭނާ އަދި އުޅެމުންދަނީ އޭނާގެ ދައްތައާއެކު
 
އެމެރިކާއަށް އެތެރެ ވެފައިވަނީ ޕަކިސްތާނުން އޭނާއާއިމެދު ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނިކޮށް
 
ގިނަ ދުވަސްތަކެއް ވަންދެން ފިލައިގެން އުޅުމަށްފަހު އޭނާ ވަނީ އެމެރިކާއަށް އެތެރެވެފަ
ޝަރޫނާ އަބްދުﷲ
17,975
ކ. މާލެ |
20 ސެޕްޓެންބަރ 2019 | ހުކުރު 19:17
އެކްޓިވިސްޓް ގުލަލައި އިސްމާއިލް
ގެޓީ އިމޭޖާސް

ޕާކިސްތާނުގެ ސިފައިންނާއި ދެކޮޅަށް ވާހަކަ ދައްކަމުން އަންނަ، އަންހެން އެކްޓިވިސްޓެއް ކަމަށްވާ ގުލަލައީ އިސްމާއިލް ޕާކިސްތަނުން ފިލައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފިލައިގެން އުޅުމަށްފަހު އޭނާ ވަނީ އެމެރިކާއަށް އެތެރެވެފައެވެ. އޭނާ އެމެރިކާއަށް އެތެރެ ވެފައިވަނީ ޕަކިސްތާނުން އޭނާ އާއިމެދު ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނިކޮށެވެ. އެ ގައުމުގެ ސިފައިން އޭނާ ހޯދަމުންދާއިރު، އޭނާއަށް ގައުމުން ބޭރުވުން އޮތީ މަނާކޮށްފައެވެ.

ޕާކިސްތާނާއި ދެކޮޅަށް ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށާއި ގަސްތުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވެއެވެ. ނަމަވެސް އޭނާ ބުނެފައިވަނީ އޭނާގެ ފުރާނައަށް ނުރައްކާ އޮތުމުން، ފިލަން މަޖުބޫރުވީ ކަމަށެވެ.

އަހަރެން ޖަލަށް ލައި އެތައް އަހަރުތަކެއް ވަންދެން އަނިޔާކޮށްފިނަމަ އަހަރެންގެ އަޑު މުޅިން ކެނޑިގެން ދިޔައީސް

އޭނާގެ ބައްޕަ މުހައްމަދު އިސްމާއިލްއާއި ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން އޭނާގެ މައްޗަށް ހަ ކަމެއްގެ ތުހުމަތުކޮށް، ކޯޓުގެ މައްސަލަތަކެއް ވެސް ކުރިއަށްދެއެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް އޭނާގެ ބައްޕަގެ ގާތުގައި ގުލަލައި ބުނެފައިވާ ކަމަށެވެ.

ގުލަލައިގެ ބައްޕަ ބުނިގޮތުގައި ވޭތުވެ ދިޔަ މަސްތަކަކީ އޭނާއަށްވެސް އަނިޔާވެރިކަމަކާއި ކުރިމަތިލާން ޖެހިފައެެވެ.. އަދި ގުލަލައި ދިރި ހުރީ އޭނާގެ ނަސީބު ރަނގަޅުކަމުން ކަމަށް ބުނެފައިވެއެވެ. ގުލަލައި ޕާކިސްތާން ދޫކޮށް އެމެރިކާއަށް އެތެރެވެފައިވާ ގޮތުގެ ތަފްސީލް ހާމަކޮށްފައިނުވާއިރު އޭނާ ބުނެފައިވަނީ އެމެރިކާއަށް އެތެރެވީ އެއަރޕޯޓަކުން ނޫން ކަމަށެވެ.

އުމުރުން 32 އަހަރުގެ ގުލަލައި އެމެރިކާގެ ހިމާޔަތަށް އެދިފައިވީ ނަމަވެސް އޭނާ އަދި އުޅެމުން ދަނީ ދައްތައާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
އަންތަރީސް ވެއްޖެ
25%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
63%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
13%
ލިޔުން ރަނގަޅު
ކޮމެންޓް