ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 16:27
މެލޭޝިއާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯސްވާން ދިމާވީ ކިމް ޖޮން ނަމްގެ މަރުގެ ސަބަބަުން
މެލޭޝިއާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯސްވާން ދިމާވީ ކިމް ޖޮން ނަމްގެ މަރުގެ ސަބަބަުން
އޭއެފްޕީ
މެލޭޝިއާ-އުތުރު ކޮރެއާ
މެލޭޝިއާއަށް ނިސްބަތްވާ އދ. ގެ ދެ މުވައްޒަފަކު އުތުރު ކޮރެއާ ދޫކޮށް ގޮސްފި
 
އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ދެ މުވައްޒަފުން މެލޭޝިއާ ދޫކޮށް ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދިޔައީ ބުރާސްފަތި ދުވަހު

އުތުރު ކޮރެއާ ދޫކޮށް ދިޔުން މަނާކޮށްފައިވާ މެލޭޝިއާގެ 11 ރައްޔިތުންގެ ތެރޭ ހިމެނޭ އދ. ގެ ދެ މުވައްޒަފުން، އުތުރު ކޮރެއާ ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ދެ މުވައްޒަފުން މެލޭޝިއާ ދޫކޮށް ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދިޔައީ ބުރާސްފަތި ދުވަހުއެވެ.

އުތުރު ކޮރެއާ އާއި މެލޭޝިއާ އިން މިދިޔަ އަންގާރަ ދުވަހު ވަނީ، އެއްގައުމެއްގައި ތިބި އަނެއް ގައުމަށް ނިސްބަތްވާ ރައްޔިތުން ގައުމު ދޫކޮށް ދިޔުން މަނާކޮށްފައެވެ.

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ގޯސްވާން ދިމާވީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލުމާއި ގުުޅިގެންނެވެ. ދެ އަންހެނުން ވެގެން ކިމް ޖޮން ނަމް މަރާލީ ގައިގައި ބާރުގަދަ ވިހައެއް ހާކައިގެންނެވެ.

މަރާލިތާ މަދު ދުވަސްތަކެއްގެ ތެރޭގައި އެނގިގެން ދިޔައީ ކިމް ޖޮން ނަމް މަރާލާފައި ވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ. މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ. އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ދެއަންހެނަކަށް މެލޭޝިއާއިން ދައުވާ އުފުލާފައިވާއިރު އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ. ފުލުހުން ދަނީ އުތުރު ކޮރެއާގެ ހަތް ރައްޔިތަކު ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް ހޯދަމުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު އެމީހުންގެ ގައުމު، އުތުރު ކޮރެއާ އަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަނެއް ތިން މީހުންނާ މެލޭޝިއާ ފުލުހުން ތަހުގީގަށް މައުލޫމާތު ސާފުކުރަން ބޭނުންވާއިރު އެމީހުން ތިބީ ކުއަލަ ލަމްޕޫރުގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް