ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 19:06
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
ޤާސިމާއެކު މިކަމެއް ނުވާނެ، އޮތްގޮތަކީ ބޭރުކުރުން!
 
ސަރުކާރުގެ މަސައްކަތްތަކަށް ޤާސިމްގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ

ދެ މީހަކު އެއްވާ ތަނެއްގައި ވާހަކައެއްދެކެވޭނަމަ ދެކެވެނީ ސަރުކާރުގެ ކޮންމެވެސް ވާހަކައެކެވެ. އެއްބަޔަކު ސަރުކާރަށް ތައުރީފްގެ ބަސްތައް ބަންޑުންކުރާއިރު، އަނެއް ބަޔަކު ސަރުކާރަށް ފާޑުކިޔުން ނޫން އިތުރުކަމެއް ނުކުރެ އެވެ. ދެން ދިމާވާ މީހެއް ނަމަ ދައްކަނީ ސަރުކާރުގެ ބިޔަ ބޮޑު ކޯލިޝަންގެ ވާހަކަ އެވެ. އެ މީހުން ގަބޫލުކުރާގޮތުގައި ސަރުކާރަށްވެސް ކަމެއް ނުވެގެން އުޅެނީ ދެކޮޅުން ކެއުމަށް އުޅޭ ބަޔަކު ސަރުކާރުގެ ތެރެއިން ޖާގަ ދިނުމުގެ ސަބަބުންނެވެ.

ދައްކަން މި އުޅެނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ މަހުޖަނު ޤާސިމް އިބްރާހިމް ޕާޓީއެއްގެ ނަންދީގެން އުޅުއްވާ ޖުމްހޫރީ ޕާޓީގެ ވާހަކަ އެވެ. ޤާސިމްގެ ސަބަބުން ސަރުކާރުގެ އިތުބާރު ގެއްލި، ސަރުކާރުގެ މަސައްކަތްތައް މަޑުޖެހޭ ވާހަކަ އެވެ. ޤާސިމް ރުއްސުން ނިމުމަކަށް ގެންނަންޖެހޭ ވާހަކަ އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިއަދާއި ހަމައަށް ފެންނަން އޮތް ހަޤީޤަތަކީ މަހުޖަނަކީ ވެރިކަމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރައްވާނެ ބޭފުޅެއްކަމެވެ. ވެރިކަމާއި، މަޤާމަށްޓަކައި ހުތުރު މިތުރުންނަށް ހަދައި، އެއް މޭޒުގައި ސައިބައްލަވާ، އެ ފަރާތްތަކަށް މިލިއަނުން ހަރަދުކުރުމަކީ ވެސް މަހުޖަނު ހަމަކޮށްފާނެ ކަމެވެ. މިއަދުވެސް ފެންނަން އޮތީ އެ ހަޤީޤަތެވެ.

ސަރުކާރު ކޯލިޝަންގެ ޕާޓްނަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް މަހުޖަނުގެ މިވަގުތުގެ ހާލަތީ ހުންނެވީ ކޮން ކޮޅެއްގައިކަމެއްވެސް ސާފުނުވުމެވެ. ސަރުކާރު ވެރިކަމަށް އައުމަށްޓަކައި އެބަޔެއްގެ ވާހަކަދެއްކި ހުރިހާ ފަރާތަކާއެކު މަސައްކަތްކުރައްވާއިރު، އެޑުވައިޒަރުންވެސް ނެރުއްވައިގެން އިދިކޮޅު ސިޔާސީ ބޮޑެތި ކެމްޕޭންތައް ގެންދަވަނީ ކުރައްވަމުންނެވެ.

ސަރުކާރަށް ހެއްދެވި މިންވަރަށް ފާޑުވިދާޅުވަމުން، އެންމެ ކުޑަ މިނެއްގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ބިލަތަކަށް ސީދާ ރަތް ޖައްސަވާ މެމްބަރުންގެ ލިސްޓުގެ އެންމެ ކުރީގައި އިންނަވާ މެމްބަރަކަށް ވެވަޑައިގެންފައިވަނީ ހަމަ މަހުޖަނު ޤާސިމް އިބްރާހިމެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކިތަންމެ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށް ހުށަހެޅުއްވި ބިލެއްކަމުގައިވިނަމަވެސް މަހުޖަނު އެކަމަކަށް ހަދަނީ ސީދާ ދެކޮޅު އެވެ.

ކުރުގޮތަކަށް ބުނާނަމަ، މަހުޖަނު ޤާސިމް އަމިއްލަފުޅަށް އަމަލުކުރައްވާ ގޮތުންވެސް ކޯލިޝަންގައި އެ ޕާޓީ ބައިވެރިކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މަހުޖަނުގެ ސަބަބުން ސަރުކާރަށް ފައިދާއެއް ލިބުމުގެ ބަދަލުގައި މިހާތަނަށް ލިބިފައި އޮތީ ބޮޑެތި ގެއްލުންތަކެވެ. ޤާސިމްގެ ސަބަބުން ސަރުކާރަށް ކުރިމަތިވެފައި އޮތީ ދުއްތުރާތަކެކެވެ.

ދެންއޮތީ މަޤާމުތަކަށް އައްޔަންކުރެއްވުމަށް ޤާސިމް މަސައްކަތް ކުރައްވަމުންގެންދަވާ ޔާމީންގެ އަރިސް ބޭފުޅުންތަކުގެ ވާހަކަ އެވެ. ތުންތުން މަތިން ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ވިޔަފާރިވެރިޔާގެ ޕާޓީއަށް ސޮއިކުރެއްވި ބައެއް ފަރާތްތަކަށް ސަރުކާރުން މަޤާމުތަށް ހަމަޖައްސައި ދެއްވާނެ ކަމަށް އެއްބަސްވެފައިވެއެވެ. ނަމަވެސް ސުވާލަކީ އެކަމުގެ ސަބަބުން ސަރުކާރަށް އިތުރު ގެއްލުންތަކެއްވުން ފިޔަވައި އިތުރުކަމެއްވާނެތޯ އެވެ. އެހެނީ މި ދެންނެވި ފަރާތްތަކަކީ އަބްދުﷲ ޔާމީންގެ ހުދުމުތާރު ވެރިކަމުގެ ތެރޭގައި އެންމެ ބޮޑެތި ހިޔާނަތްތާއި ކޮރަޕްޝަންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ފަރާތްތަކަށްވުމެވެ. ސަރުކާރުގެ ތެރެއިން އެ މީހުންނަށް ހިޔާވެއްސެއްދޭނަމަ، އެއީ ރައްޔިތުންނަށްވެސް ކުރާ މަލާމާތަކަށް ނޫނީ ނުވާނެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކޯލިޝަން ރޫޅާލަންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަަންނަވާ ކަމަށެވެ. ނަމަވެސް މުޅިން ވެސް ފެންނަ ހުރީ ކޯލިޝަން ރޫޅާލަންޖެހޭ ސަބަބުތަކެވެ. ކޯލިޝަނާއެކު ކުރިއަށްގޮސްފިނަމަ ސަރުކާރަށް ހުރި ގެއްލުންތަކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
13%
17%
2%
42%
4%
23%
ކޮމެންޓް
24 ސެޕްޓެންބަރ 2019 | އަންގާރަ 10:26
ރެކޮފުތާ
މީނާއަށް ވެރިކަން ނުލިބެނީސް މައިތިރިއެއްނުވާނެ. އެކަމަކު މޮޔައެއްގެ އަތަށް ކަނޑިއެއް ނުދޭނެކަން ރައްޔިތުން އެބަބުނޭ ވެރިކަމާނޫޅެ އަތުގައިހުރި މުދާކޮޅާގެން އުޅެވޭތޯބަލާ. ގައުމުގެ ބައިތުލްމާލު އަމިއްލަކުރަން ރައްޔިތުންނެއް ދެނެއްނުދޭނެ. ވެރިކަމުގެ ނަނާ ހުވަފެން ތިޔަދެކެނީ.
21 ސެޕްޓެންބަރ 2019 | ހޮނިހިރު 17:19
ސަުވާ
މިގަަައުމުދުން އެންމެ ނާގަާބިލް ސަރުކާރަކީ އިބޫ ސަރުކާރު
21 ސެޕްޓެންބަރ 2019 | ހޮނިހިރު 02:47
މަރީ
މިސަރުކާކާރައް ކަމެއް ކުރެވޭނީ މުޅި ދުނިޔެވެސް ހިތަކަށް ލިމުން
21 ސެޕްޓެންބަރ 2019 | ހޮނިހިރު 02:47
މަރީ
މިސަރުކާކާރައް ކަމެއް ކުރެވޭނީ މުޅި ދުނިޔެވެސް ހިތަކަށް ލިމުން
20 ސެޕްޓެންބަރ 2019 | ހުކުރު 12:27
ނުރަބޯ
މިހާރު ސަރުކާރު މަޤާމުތަކުގަ ތިބީ ވަރަށް ފަސްބައި ސާފު ބޭފުޅުން ދެއްތޯ؟
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 23:39
ޢަހުރއނ
ކަނޑައެޅިގެން ދީނަށް ހުތުރުވާ ވާހަކަ ދައްކާ ދީން ނިކަެތި ކޮށްލާ ގޮލާ ބޭރު ކޮއްލުން މުސލިމުންނަށް މާ އައުލާ.. އެހެން ދީންތަކުގެ ބައެއް ވިއްޔާ ނޭގެ..
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 22:49
ރާނިޔާއދހަތްއާމީދު
ގާސިމުވީއެއްމެއަވަކައްކޯލިސަނުންބޭރުކުރޭ އެހެއްނޫނީމިސަރުކާރައްކުރިޔަކައްނުދެވޭނެގާސިމަކީ ބޭވަފާތެރިއެއްވެރިކަމާހެދީއެހެރަހަހަލާކުވަނީ ގާސިމަކީމީހަކުހެއްލިވަރަކައްހެއްލޭމީހެއްގާސިމުގެހުންނަނީބޮލަކައް މީދާކޭއުބެއްޖަާފަބަލިއެދުގައޮއްވާޖަލުގެކުޑަގޮޅިއައްލީމަތިމިހާރުހަދާނެއްނުވޭއަނެއއކާވެސްއެގޮޅިއައްގެންގޮސްލާފަބަހައްޓާ އޭރުންކުޑަދުވަސްކޮޅަކައްމަތްތިރިވެދާނެ
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 21:10
ކެނެރި
ކެނެރީގޭ ނަޝީދު އާއި އެކުވެސް މިކަން ވާކަށް ނެތް.. އޭނަވެސް ބޭރުކުރޭ
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 19:28
ޢަޒީ
ތި ގާސިމަކީ ދުއްތުރާއެއް.. އަޑު އެހިން ރާޖަބޮކްސާ ކުރާ ކެމްޕެއިނަށްވެސް ހަރަދު ކުރާ ވާހަކަ.. މީ ފުކެއް ބޮޑުވަރު
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން