ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 15:15
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަލާމް ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަލާމް ކުރައްވަނީ
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ނަޝީދާއި އެއްވެސް މައްސަލައެއް ނެތް، އެއީ ބަޔަކު އޮޅުވާލައިގެން ދައްކާ ވާހަކައެއް: ރައީސް
 
އަންނަ މަހުގެ ކުރީ ކޮޅުގައި ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް އިންތިޒާމް ކުރައްވާނެ
 
ރައީސް ނަޝީދާ މައްސަލަ ޖެހޭނެ ކަމެއް ނޯންނާނެކަމަށް ވިދާޅުވި
 
އެއީ ބަޔަކު އޮޅުވާލައިގެން ގަސްތުގައި ދައްކާ ވާހަކައެއް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނާއި ރައީސް ނަޝީދާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެންމެ ފަހުން މިއަދުވެސް (ބުރާސްފަތި ދުވަހު ވެސް) ރައީސް ނަޝީދާއި ވާހަކަފުޅު ދެއްކެވި ކަމަށެވެ. އެގޮތުން އެއީ ބަޔަކު އޮޅުވާލައިގެން ގަސްތުގައި ދައްކާ ވާހަކައެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދާއި އަޅުގަނޑާ ދޭތެރެއަކު ނެތް އެއްވެސް މައްސަލައެއް، މިއަދުވެސް އަޅުގަނޑުމެން ވާހަކަދެއްކިން ހަމަ ބައެއް ކަންތައްތަކާ، އެއީއަކީ އެއްވެސް އިޝޫއެއް ނޫން، އެއީއަކީ މައްސަލައެއް ނޫން، އެއީ އޮޅުވާލައިގެން ބަޔަކު ގަސްތުގަ ދައްކާ ވާހަކައެއް، އަޅުގަނޑާއި ރައީސް ނަޝީދާ މައްސަލަ ޖެހޭނެ ކަމެއް ނޯންނާނެ،
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

އޭގެ އިތުރުން ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުންތައް ނުބޭއްވެނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އަންނަ މަހުގެ ކުރީ ކޮޅުގައި ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް އިންތިޒާމް ކުރައްވާނެ ކަމަށެވެ. އެގޮތުން މިހާރު ބައްދަލުވުން ނުބޭއްވިގެން އުޅެނީ ކޯލިޝަންގެ ލީޑަރުން އެކުގައި މާލޭގައި ނުތިބެވުމުގެ ސަބަބުން ކަމަށާއި، ކުރިއާލާ ޝެޑިއުލްކޮށްގެން ބައްދަލުވުން ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެއީ ބަޔަކު އޮޅުވާލައިގެން ދައްކާ ވާހަކައެއް ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ސަރުކާރާއި މަޖިލިސް ހިންގުމުގައި ދެބަސްވުންތަކެއް ހުރި ކަމަށާއި، ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
88%
0%
13%
0%
0%
ކޮމެންޓް