ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 09:29
އާއިޝާ ހުސައްޔާ
އާއިޝާ ހުސައްޔާ
ގޫގުލް
އިންޑިއާ
12 އަހަރުގެ ކުއްޖެއް ޓިއުޝަން ޓީޗަރެއް ގަޔަށް ވަޅި ޖަހާ، މަރާލައިފި
 
ހަމަލާ ދިނީ މަންމަ އަށް ލޯނެއް ނުދިން މައްސަލައިގައި
 
ހަމަލާ ދިނީ ހޯމަ ދުވަހު
 
ހާދިސާ ހިނގާފައިވަނީ މުމްބާއީގެ ގޮވާންދީގެ ޝިވާޖީ ނާގަރުގަ

މަންމަ އަށް ލޯނެއް ނުދިން މައްސަލައިގައި 12 އަހަރުގެ ފިރިހެން ކުއްޖެއް، އެ ކުއްޖާގެ ޓިއުޝަން ޓީޗަރު ގަޔަށް ވަޅި ޖަހާ މަރާލައިފިއެވެ.

އާއިޝާ ހުސައްޔާ ނަމަކަށް ކިޔާ ޓިއުޝަން ޓީޗަރު މަރާލާފައި އޮއްވާ ފެނުނީ އަވަށްޓެރިންތަކަކަށް ކަމަށް އިންޑިއާގެ ދަ ހިންދޫގައި ވަނީ ރިޕޯޓު ކޮށްފައެވެ. ހާދިސާ ހިނގާފައިވަނީ މުމްބާއީގެ ގޮވާންދީގެ ޝިވާޖީ ނާގަރުގައެވެ.

ހާދިސާ ހިނގާ ދިޔަ ގޮތަށް ބަލާލާއިރު، އައިޝާ އަށް ހަމަލާ ދިނީ ހޯމަ ދުވަހުގެ ރޭގަނޑު 7:30 ގައި ޓިއުޝަން ނިންމުމަށްފަހު އައިޝާގެ ގެއިން އެހެން ކުދިންނާއެކު އެ ކުއްޖާ ދިޔަ ނަމަވެސް ދިޔަތާ މާގިނަ އިރުތަކެއް ނުވެ، އެ ގެއަށް އަނބުރާ އައުމަށްފަހު ކަމަށް ޝިވާޖީ ނާގަރުގެ ފުލުހުންނާއި ހަވާލާދީ ދަ ހިންދޫގައި ރިޕޯޓުކޮށްފައިވެއެވެ.

އައިޝާ އެ ވަގުތު ހުރީ ފާހާނާގައި ކަމަށާއި ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ އެ ގޭގެ ބަދިގެއިން ނެގި ވަޅިއެއް ކަމަށްވެސް ފުލުހުންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. އައިޝާއަށް ފުރަތަމަ ވެސް ހަމަލާ ދިނުމާއެކު ގެއިން ނުކުތުމަށް ދޮރާއި ދިމާލަށް ދުއްވައިގަތް ކަމަށާއި ނަމަވެސް އެ ކުއްޖާ ވަޅި ހަރަމުން ދިއުމުގެ ސަބަބުން ވެއްޓުނު ކަމަށް ވެސް ވެއެވެ.

އާއިޝާގެ ހަޅޭކުގެ އަޑު އިވި، އަވަށްޓެރިން އެގެއަށް އާދެވުނު ވަގުތު، އެ ފިރިހެން ކުއްޖާ އައިޝާގެ ލެއިިން ތަތްތެޅިފައިވާ ހާލުގައި އޭނާ ކައިރީގައި އިށީނދެގެން އިން ކަމުގައި ވެއެވެ.

އައިޝާ ހޮސްޕިޓަލަށް ގެންދެވުމުގެ ކުރިން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
10%
3%
63%
15%
5%
3%
ކޮމެންޓް
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 14:39
ސޮސަައިޓީގަ
ތިވާހަކަޖެހޭނެ ކޮންމެހެންވެސް ސޮސަައިޓީގަ ފަތުރަންދޯ؟