ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 00:05
ރޮނާލްޑޯ
ރޮނާލްޑޯ
ގޫގުލް
ޔޫއެފާ ޗެމްޕިއަންސް ލީގު
ރޮނާލްޑޯ އާއި ދެކޮޅަށް ކުޅެން ނިކުންނަން ޖެހިލުންވޭ: ސިމިއޯނީ
 
ރޮނާލްޑޯ ވަނީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ ކޮޅަށް ހެޓްރިކް ހަދައިފަ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ދެކޮޅަށް ބުދަ ދުވަހު ނިކުންނައިރު އެ ޓީމުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމުން ޖެހިލުންވާ ކަމަށް އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

ސިމިއޯނީ ބުނީ ޗެމްޕިއަންސް ލީގުގައި 126 ގޯލު ޖަހައި މުބާރާތުގެ ލަނޑު ޖެހުމުގެ ރިކޯޑުގެ އެންމެ ކުރީގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދެކޮޅަށް ކުޅެން ޖެހޭ ކޮންމެ ޓީމަކުން ވެސް ޖެހިލުން ވާނެކަމަށާއި ތައްޔާރުވާން މި ޖެހެނީ ގޯލު ކުރިމަތީގައި އާދަޔާ ހިލާފު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔަކާއި ދެކޮޅަށް ކަމަށެވެ.

ރޮނާލްޑޯ އަށް ތައުރީފު ކުރަމުން ސިމިއޯނީ ބުނީ ލަނޑު ޖެހުމުގެ އެތައް ރެކޯޑެއް ރޮނާލްޑޯ އަތުގައި މިވަގުތު އެބަ އޮތް ކަމަށާއި އޭނާ އަށް ރަނގަޅު ހިސާބަކުން ލިބޭ ކޮންމެ ބޯޅައެއްގައި ގޯލަށް ނުރައްކާ ކުރާ ކަމަށެވެ.

މެޗައް ނިކުތުމުގެ ކުރިން ސިމިއޯނީ ބުނީ އިޓަލިއަން ލީގުގެ ޓީމުތަކަކީ މުބާރާތުގެ ފޭވަރިންޓުންގެ ގޮތުގައި އާންމުކޮން ނުކިޔާ ކަމަށާއި އެކަމަކު ޔުވެންޓަސް އަކީ މި މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި އަބަދުވެސް ހިމެނޭ ޓީމެއް ކަމަށް ސިމިއޯނީ ބުންޔެވެ.

މީގެ އިތުރުން ސިމިއޯނީ ބުނީ މެޗަށް ނިކުންނަ އިރު ޕްރެޝާ އޮތީ އެތްލެޓިކޯ އަށް ކަމަށާއި އެންމެ ފަހުގެ ޗެމްޕިއަންސް ލީގުން އެތްލެޓިކޯ ބަލިވީ ރޮނާލްޑޯ ދިން ލަނޑަކުން ކަމަށް ސިމިއޯނީ ބުންޔެވެ.

އެތްލެޓިކޯ އަދި ޔުވެންޓަސް ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހުގެ ދަންވަރު 00:00 ގައި އެތްލެޓިކޯގެ ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް