ކ. މާލެ
|
18 ސެޕްޓެންބަރ 2019 | ބުދަ 18:21
އެންމެ ފަހުގެ ސާފު ސުޒުކީ ކަޕްގެ ތެރެއިން
އެންމެ ފަހުގެ ސާފު ސުޒުކީ ކަޕްގެ ތެރެއިން
ގޫގުލް
ސާފް ސުޒުކީ ކަޕް
ސާފް ޗެމްޕިއަންޝިޕް 2020 ވަނަ އަހަރުވެސް ބަންގްލަދޭޝްގައި ބާއްވަން ނިންމައިފި
 
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދިވެހިރާއްޖެ

ސާފް ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ސުޒުކީ ކަޕް 2020 ވަނަ އަހަރުވެސް ބަންގްލަދޭޝްގައި ބާއްވަން ނިންމައިފިއެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތް އެންމެ ފަހުން ބޭއްވީ ވެސް ބަންގްލަދޭޝްގައެވެ. އަންނަ އަހަރު މި މުބާރާތް ބަންގްލަދޭޝްގައި ބާއްވަން ނިންމީ އެ ގައުމުގެ ރައީސް ޝެއިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ކުޅިވަރު ހަރަކާތްތައް އެގައުމުގައި ބޭއްވުމަށް އެދުމުންނެވެ.

2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ވަރުގަދަ އިންޑިއާ ބަލިކުރުމަށްފަހު ހޯދީ ދިވެހިރާއްޖެއިންނެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރު ރާއްޖެ އާއި ސްރީލަންކާގައި ބޭއްވުނު މި މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފައިވަނީ ދިވެހިރާއްޖެއިންނެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލީ ބޯޅަ ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް ބަންގްލަދޭޝްގައެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމަކީ އިންޑާއެވެ. އިންޑިއާއިން މި މުބާރާތް ހަ ފަހަރު ކާމިޔާބު ކޮށްފައިވާއިރު ދިވެހިރާއްޖެއިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ

ދެފަހަރެވެ. އަދި ބަންގްލަދޭޝް އާއި އަފްގާނިސްތާނުން މި މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް