ކ. މާލެ
|
18 ސެޕްޓެންބަރ 2019 | ބުދަ 12:39
ދިރާގު ރޯޑް ރޭސްގެ ތެރެއިން- މިއަހަރުގެ ރޭސް 20 ސެޕްޓެމްބަރުގައި އޮންނާނެ
ދިރާގު ރޯޑް ރޭސްގެ ތެރެއިން- މިއަހަރުގެ ރޭސް 20 ސެޕްޓެމްބަރުގައި އޮންނާނެ
ދިރާގު
ދިރާގު ރޯޑް ރޭސް
ދެ ދުވުމަކަށް ބަހާލައިގެން ދިރާގު ރޯޑް ރޭސް ހުކުރު ދުވަހު ފަށަނީ
 
5 ކިލޯމީޓަރގެ ދުވުން އޮންނާނީ ހަވީރު 4:30 ގައި
 
10 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައި
 
ރޭސް ފަށަނީ ސެޕްޓެމްބަރ މަހުގެ 20 ވާ ހުކުުރު ދުވަހު ހުޅުމާލޭގައި

ދިރާގުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ދިރާގު ރޯޑް ރޭސް" ދެ ދުވުމަކަށް ބަހާލައިގެން އަންނަ ހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އަންގާރަ ދުވަހު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ރޭސްގެ ބައެއް ދުވުންތެރިންނާއި ބައްދަލު ކުރައްވާފައިވާއިރު، ދުވުންތެރިން ވަނީ ތަމްރީނުތަކާއި، ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު މީޑިއާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ސެޕްޓެމްބަރ މަހުގެ 20 ވާ ހުކުުރު ދުވަހު ހުޅުމާލޭގައި މި ރޭސް ފެށިގެންދާއިރު، ދެ ދުވުމަކަށް ބަހާލައިގެން ކުރިއަށްގެންދާތީ ދުވުންތެރިން ވަނީ އެކަން ފާހަގަކޮށް ދިރާގަށް ޝުކުރު އަދާކޮށްފައެވެ.

މި ބައްދަލުވުމުގައި ދިރާގު ރޯޑް ރޭސްގެ ކުރީގެ ރޭސްތަކުގެ ވަނަތައް ހާސިލުކޮށްފައިވާ މަޤުބޫލު ދުވުންތެރިން ބައިވެރިވެފައިވާއިރު، މިފަހަރުވެސް ކާމިޔާބު ވަނަތަކެއް ހާސިލު ކުރުމަށް އުއްމީދު ކުރައްވާކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ދިރާގު ރޯޑް ރޭސްގެ 10 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައިއެވެ. އަދި 5 ކިލޯމީޓަރގެ ދުވުން އޮންނާނީ ހަވީރު 4:30 ގައެވެ.

"ދިރާގު މޯލްޑިވްސް ރޯޑް 2019" އަކީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ރޭސްގެ އިންތިޒާމުތައް އަހަރުން އަހަރަށް ކުރިއަރަމުން އަންނަކަން ދުވުންތެރިން ވަނީ ފާހަގަކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް