ކ. މާލެ
|
18 ސެޕްޓެންބަރ 2019 | ބުދަ 04:43
ނަޕޯލީ އަދި ލިވަރޕޫލް ކުޅުނު މެޗުގެ ތެރެއިން
ނަޕޯލީ އަދި ލިވަރޕޫލް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު: ނަޕޯލީއިން ޗެމްޕިއަން ލިވަރޕޫލް ލަދު ގަންނަވައިލައިފި
 
މި މެޗު ނަޕޯލީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށް ނަޕޯލީއިން މި މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު ނަޕޯލީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެފައިވަނީ ލިވަރޕޫލްއިންނެވެ. އެގޮތުން ލިވަރޕޫލް އިން ވަނީ ނަޕޯލީގެ ހާފަށް ބާރުބޮޑު ކޮށް ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ. ނަމަވެސް ލިވަރޕޫލް އިން ފޮނުވައިލި ގިނަ ހަމަލާތައް ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގައި ލިވަރޕޫލަށް ލިބިގެންދިޔަ އެންމެ ހުސް ފުރުސަތު ލިބިގެން ދިޔައީ މެޗުގެ 44 ވަނަ މިނެޓުގައި ފިރިމީނޯ އަށެވެ. މިލްނާ ނަގާދިން ހުރަސް ހުސްކޮށް ހުރެ ފިރިމީނޯ ބޮލުން ފޮނުވާލި ހަމަލާ ގޯލާއި އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަރޕޫލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރުގަދަ އެޓޭކިން ގޭމެކެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ނަޕޯލީން ކައުންޓަރ އެޓޭކަށް ކުޅެން ފެށުމެވެ. އެގޮތުން މި ހާފުގައި ނަޕޯލީން ވަނީ ލިވަރޕޫލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގައި ނަޕޯލީއަށް ލީޑު ނަގައިދިނީ މެޗުގެ 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޑިއާޒް މާރޓިނޭޒްއެވެ. މި ލަނޑަށްފަހު ލިވަރޕޫލްއިން ލަނޑެއް ޖަހަން މަސައްކަތް ކުރި ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ނަޕޯލީގެ ކީޕަރެވެ.

މެޗުގެ އިތުރު ވަގުތުގައި ނަޕޯލީން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ނަޕޯލީއަށް ކާމިޔާބުކޮށްދިނީ ފެރެނާންޑޯ ލޮރެންޓް އެވެ.

މެޗަށްފަހު ލިވަރޕޫލްގެ ކޯޗު ކްލޮޕް ބުނީ މިއީ ހީކުރި ނަތީޖާއެއް ނޫން ކަމަށާއި މި މެޗުން މޮޅުވާން ލިވަރޕޫލްއަށް ފުރުސަތުތަކެއް ލިބުނު ކަމަށެވެ. އަދި މެޗުގައި ނަޕޯލީއަށް ލިބުނު ޕެނަލްޓީ އަކީ ގޯހެއް ކަމަށް ވެސް ކްލޮޕް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް