ކ. މާލެ
|
18 ސެޕްޓެންބަރ 2019 | ބުދަ 03:00
ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އާބޭ
ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އާބޭ
އެރަބް ނިއުސް
ޖަޕާން
ރޫހަނީ އާއި ބައްދަލުކުރައްވާނެކަމަށް ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވެއްޖެ
 
އާބޭ މިހެން ވިދާޅުވީ ޖަޕާންގެ ވެރިކަން ކުރާ ޕާޓީ، ލިބެރަލް ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ

ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިރާނުގެ ރައީސް ހަސަން ރޫހާނީއާއި ބައްދަލުކުރައްވާނެކަމަށް ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އާބޭ ވިދާޅުވެއްޖެއެވެ.

އާބޭ ރޫހާނީއާއި ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ އެމެރިކާގެ ނިއުޔޯކް ސިޓީގައި އޮންނަ އދ ގެ އާންމު މަޖިލީހުގެ ހަވާސާގައެވެ. އާބޭ މިހެން ވިދާޅުވެފައި ވަނީ ޖަޕާންގެ ވެރިކަން ކުރާ ޕާޓީ ލިބެރަލް ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

އާބޭ މިހެން ވިދާޅުވެފައި މިވަނީ މެދުއިރު މަތީގެ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އިރާންގެ ރޫހަނީ ލީޑަރު، އާޔަތުއްލަ އަލީ ހާމަނާއި ވަނީ އެމެރިކާއިން އިރާނާއި ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެއްވެސް ބާރެއްހުރި ފިޔަވަޅުތަކެއް ނޫންކަމަށާއި އެމެރިކާއާއި އެކު ސުލްހައިގެ މަޝްވަރާ ނުކުރާނެކަމަށް ވިދާޅުވެފައެވެ.

އެމެރިކާއިން ވަނީ ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް އިރާނުން ހަމަލާދިން ކަމަށް ބުނެފައެވެ.

އދ. ގެ އާންމު މަޖްލީހަށްފަހު ބެލްޖިއަމަށް ވަޑައިގެން ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޖޯން-ކްލޯޑް ޔަންކަރ އާއި ވެސް ބައްދަލުކުރައްވާނެ ކަމަށްވެސް އާބޭ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް