ހުކުރު 10 އޭޕުރިލް 2020
03 އައްސިދަ
1441 ޝައުބާން 17
ފަތިސް 04:49
އިރުއަރާ 06:00
މެންދުރު 12:11
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - އިރާން

އިރާނުން، އެމެރިކާއާއިއެކު މަޝްވަރާ ނުކުރުމަށް ނިންމައިފި

  • އެމެރިކާއިން އިރާނާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެއްވެސް ބާރެއް ނެތް ފިޔަވަޅުތަކެއް

ފާތިމަތު އުދުމާ
udhooooo

ކ. މާލެ | 18 ސެޕްޓެންބަރ 2019 | ބުދަ 03:05 | 3,646

އިރާންގެ ރޫހާނީ ލީޑަރު، އާޔަތުއްލާ އަލީ ހާމަނާއީ - އެރަބް ނިއުސް

އިރާންގެ ރޫހާނީ ލީޑަރު، އާޔަތުއްލާ އަލީ ހާމަނާއީ އެމެރިކާއާއިއެކު ސުލްހައިގެ މަޝްވަރާ ނުކުރާނެކަމަށް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ހާމަނާއީ މިހެން ވިދާޅުވެފައިމިވަނީ ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާއަކީ ތެހްރާނުން ދިން ހަމަލާއެއް ކަމަށް އެމެރިކާއިން ބުނުމުންނެވެ.

ހާމަނާއީ ވިދާޅުވީ އެމެރިކާއިން އިރާނާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެއްވެސް ބާރެއް ނެތް ފިޔަވަޅުތަކެއް ކަމަށާއި އިރާނުގެ ހުރިހާ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި އެމެރިކާއާއި އެކު އިތުރަށް ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ.

އެމެރިކާއިން ވަނީ އިރާނުން ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކާއި ދިމާއަށް ޑްރޯން އާއި މިސައިލް ލޯންޗްކުރިކަން ފެނިފައިވާކަމާށް ބުނެފައެވެ. އެމެރިކާއިން އިތުރަށް ބުނެފައިވަނީ މިސައިލްތައް ލޯންޗްކޮށްފައިވަނީ އިރާންގެ ދެކުނުން ގަލްފުގެ އުތުރުން ކަމުގައެވެ.

އިރާނުން މިހަމާލާތަކަކީ އެގައުމުގެ ހަމަލާތަކެއް ނޫންކަމަށް ބުނެފައިވާއިރު، ޔަމަނުގެ ހޫތީ ހަނގުރާމަ ޖަމާއަތުން ވަނީ ހަމަލާތަކުގެ ޒިންމާ ނަގާފައެވެ. ހޫތީ ޖަމާއަތުން ބުނީ ސައުދީގެ އަބްގައިގް ތެޔޮ ޕްލާންޓާއި ޚުރައިސް ތެޔޮ ފީލްޑަށް ހަމަލާދީފައި ވާނެކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.