ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ދުނިޔެ - ޔަމަން

ޔަމަންގެ ހޫތީ ޖަލުތަކުގައި 400 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ކޮށްފައިވޭ

  • ހޫތީ ޖަލުތަކުގައި މީހުންނަށް އަނިޔާ ކޮށްފައިވާކަމުގެ 455 ކޭސް ރިޕޯޓު ކުރެވިފައިވޭ
  • ނުވަ ކުޑަ ކުދިންނާއެކު ޖުމްލަ 170 މީހަކު ހޫތީގެ ޖަލުތަކުގައި ވަނީ މަރާލެވިފައި
  • ހޫތީއިން ވަނީ 3500 މީހުން ގެއްލުވާލާފައި

ފާތިމަތު އުދުމާ
udhooooo

ކ. މާލެ 18 ސެޕްޓެންބަރ 2019 | ބުދަ 00:16 2,852

ހޫތީގެ ޖަލުތަކުގައި އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވެފައިވާ ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އަނިޔާ ކޮށްފައި - އެރަބް ނިއުސް

ޔަމަންގެ ހޫތީ ޖަލުތަކުގައި މީހުންނަށް އަނިޔާ ކޮށްފައިވާކަމުގެ 455 ކޭސް ރިޕޯޓު ކުރެވިފައިވާކަމަށް ޖެނީވާގައި ހުންނަ ހިއުމަން ރައިޓްސް ކައުންސިލްގެ ސެޝަންއެއްގައި ޔަމަން ކޯލިޝަން ފޮރ މޮނިޓާރިންގ ހިއުމަން ރައިޓްސް ވަޔަލޭޝަންސް އިން ބުނެފިއެވެ.

ހޫތީގެ ޖަލުތަކުގައި އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވެފައިވާ ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާ ކޮށްފައިވާކަމަށް ހިއުމަން ރައިޓްސް ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެ ޖަމިއްޔާއިން ބުނީ މި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރުގެ މަހުގެ ނިޔަލަށް ނުވަ ކުޑަ ކުދިންނާއެކު ޖުމްލަ 170 މީހަކު ހޫތީގެ ޖަލުތަކުގައި މަރާލެވިފައި ވާކަމަށެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި ހޫތީއިން 3500 މީހުން ގެއްލުވާލާފައި ވާކަމަށް ވެސް ވަނީ އާންމު ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް