ކ. މާލެ
|
18 ސެޕްޓެންބަރ 2019 | ބުދަ 01:03
ޗިޗޯރް ފިލްމުގެ މަންޒަރެއް
ޗިޗޯރް ފިލްމުގެ މަންޒަރެއް
ފޭސްބުކް
ޗިޗޯރް
''ޗިޗޯރް'' 100 ކްރޯޑް ކްލަބަށް
 
ރިލީޒް ކުރީ މި މަހު ހަވަނަ ދުވަހު

ނިތޭޝް ތިވާރީ ޑައިރެކްޓްކޮށް ޝުޝާންތް ސިންހް އަދި ޝްރައްދާ ކަޕޫރް ހަރަކާތްތެރިވާ ފިލްމު ''ޗިޗޯރް'' ބޮކްސް އޮފީހުގައި 98 ކްރޯޑް ރުޕީސްގެ އާމްދަނީ އެއް ހޯދައިފިއެވެ.

އަންގާރަ ދުވަހާ ހަމަޔަށް އެ ފިލްމަށް 98 ކްރޯޑު ލިބިފައިވާއިރު ބުދަ ދުވަސްވުމުގެ ކުރިން އެ ފިލްމަށް 100 ކްރޯޑު ލިބޭނެ ކަމަށް ފިލްމު ކްރިޓިކިސް އަންދާޒާ ކުރެއެވެ.

ސެޕްޓެމްބަރު ހަވަނަ ދުވަހު ނެރުނު މި ފިލްމަށް ދަނީ ގިނަ ބައެއްގެ ތައުރީފް އޮހެމުންނެވެ. ފިލްުމުގެ ހުރިހާ ތަރިންގެވެސް އެކްޓިން މޮޅުކަމަށް ކްރިޓިކްސް އިންވެސް ވަނީ ބުނެފައެވެ. ޑައިރެކްޓަރު ނިތޭޝް ބުނީ، ފިލްމަށް ލިބޭ އާމްދަނީ އަށް ވުރެ ހިތްހަމަ ޖެހެނީ ބެލުންތެރިންނަށް ފިލްމު ކަމުދިޔުން ކަމަށާއި، އޯޑިއެންސުންގެ ލޯތްބާއި ތަރިހީބު ލިބޭތީ އެކަމާއި މެދު އުފާކުރާ ކަމަށެވެ.

''ޗިޗޯރް'' ފިލްމަކީ ކޮލެޖެއްގައި ކިޔަވާ ދަރިވަރުން ތަކުގެ ދެމެދުގައި ހިނގާ ހެއްވާ ކަންތައްތައް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ހަރަކާތްތެރިވާ ގިނަ ފަންނާނުނަކީ މީގެ ކުރިންވެސް ކޮމެޑީ ރޯލްތަކުން ފެނިފައިވާ ފަންނާނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް