ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ލުއި ޚަބަރު - ނަރެންދުރަ މޮދީ

މޮދީގެ ޒުވާން ދުވަސްވަރުގެ މައްޗަށް ފިލްމެއް ހަދަނީ

  • ޕްރޮޑިއުސްކުރަނީ ބަންސާލީ

އަލީ ސަމާޚް
AliSamah8

ކ. މާލެ 17 ސެޕްޓެންބަރ 2019 | އަންގާރަ 19:26 2,883

މަން ބައިރާގީގެ ޕޯސްޓަރު - ބޮލީވުޑް ލައިފް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޒުވާން ދުވަސްވަރުގެ ހަޔާތަށް ބިނާކޮށް ހަދާ ފިލްމު ''މަން ބައިރާގީ'' ގެ ޕޯސްޓަރު އާއްމުކޮށްފިއެވެ.

އަންގާރަ ދުވަހު، މޮދީގެ 69 ވަނަ އުފަން ދުވަހު އެ ފިލްމުގެ ޕޯސްޓަރު އިންސްޓަގްރާމް މެދުވެރިކޮށް ހާމަކުރީ ބާހުބަލީގެ އެކްޓަރު ޕްރަބާސްގެ އިތުރުން މޮދީގެ ވަރަށް ގާތް ތަރިއެއް ކަމަށްވާ އަކްޝޭ ކުމާރް އެވެ. އެ ޕޯސްޓަރުގައި ފެންނަނީ މޮދީގެ ޒުވާންދުވަސްވަރު އެމަނިކުފާނު ވައްތަރު ޖަހާ ޒުވާން ފިރިހެނެކެވެ.

އެއްގަޑިއިރުގެ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ފިނި މޫސުމުގައެެވެ. ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓް ކުރަނީ ސަންޖޭ ތްރިޕާތީއެވެ. ބަންސާލީ ބުނީ، އެ ފިލްމަކީ އަކީ މޮދީގެ ޒުވާން އިރުގެ ދުވަސްވަރު ހިނގާފައިވާ ކަންތައްތައް ވަރަށް ރަނގަޅަށް ބަލާ ހޯދުމަށް ފަހު ހަދަން ނިންމި ފިލްމެއް ކަމަށެވެ. އަދި އޭރުގެ ގިނަ ވާހަކަ ތަކަކީ ގިނަ ބަޔަކަށް ނޭނގޭ ވާހަކަތަކަށްވާތީ އެ ވާހަކަތައް ބެލުންތެރިންނާ ހަމަޔަށް ގެންނަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް މޮދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ވިވެކް އޮބިރޯއިވެސް ވަނީ ފިލްމެއް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް