ކ. މާލެ
|
17 ސެޕްޓެންބަރ 2019 | އަންގާރަ 19:11
ޒުވާން ގައުމީ ޓީމު
ޒުވާން ގައުމީ ޓީމު
އެފްއޭއެމް
ސާފު ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕަށް ޒުވާން ޓީމު ނޭޕާލަށް
 
މި މުބާރާތުގައި ވާދަ ކުރުމުގެ ކުރިން ގައުމީ ޓީމު ވަނީ ގަތަރުގައި ކޭމްޕް ކޮށްފަ

ގަތަރު ކޭމްޕު ނިންމާލުމަށްފަހު 18 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޒުވާން ގައުމީ ޓީމު ނޭޕާލަށް ހިނގައްޖެއެވެ.

މި މަހު 20 އިން 29 އަށް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިޔަށްދާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި 7 ދުވަސް ވަންދެން ދިވެހިރާއްޖޭގެ ޒުވާން ޓީމު ކޭމްޕުކޮށްފައިވެއެވެ.

މުބާރާތައް ފުރުމުގެ ކުރިން ކޯޗު ޝާޒްލީ ބުނީ މިހާހިސާބަށް ރާއްޖޭގެ ޒުވާން ގައުމީ ޓީމު މި މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސްފައި ނުވާ ކަމަށާއި، އެހެން ކަމުން މިފަހަރުގެ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔުން ކަމަށެވެ. އަދި މި މުބާރާތަށް ތައްޔާރުވާން ގިނަ ދުވަސް ލިބުނު ކަމަށާއި މިވަގުތު މި އޮތް ޓީމަކީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ޓީމެއް ކަމަށެވެ.

މި ފަހަރުގެ 18 އަހަރުން ދަށުގެ ޓީމުގައި ރާއްޖޭގެ ސީނިއާ ޓީމުގެ ކުޅުންތެރިޔާ ޗޯޓު ހިމެނިފައިވާއިރު ކޯޗު ޝާޒްލީ ބުނީ ޗޯޓު ޓީމުގައި ހިމެނުމުން އެކަމުގެ ފައިދާ އެހެން ކުޅުންތެރިންނަށް ކުރާނެ ކަމަށެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭ އާއި އެއް ގްރޫޕެއްގައި ހިމެނިފައިވަނީ ނޭޕާލް، ބޫޓާން އަދި ޕާކިސްތާނާއި އެއް ގްރޫޕެއްގައެވެ. ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާ ހިމެނިފައިވަނީ ގްރޫޕް ބީ ގައެވެ.

ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ދެ ޓީމު މުބާރާތުގެ ސެމީ ކުޅޭ އިރު މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހު 29 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް