ކ. މާލެ
|
17 ސެޕްޓެންބަރ 2019 | އަންގާރަ 19:08
ނިކް ޖޯނަސް އަދި ޕްރިޔަންކާ ޗޯޕްރާ
ނިކް ޖޯނަސް އަދި ޕްރިޔަންކާ ޗޯޕްރާ
ގެޓީ އިމޭޖަސް
ނިކް ޖޯނަސް
ނިކް ޖޯނަސް އަށް 27 އަހަރު، ހާއްސަ ހަފްލާއެއް!
 
ބޮލީވުޑްގެ ލަވައަކަށް ނިކް ނެށި މިއީ ފުރަތަމަ ފަހަރެއް ނޫން
 
ހަފްލާއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ގޮސްފައިވަނީ ހޯލެ ހޯލެ އަށް ނެށުމެއް ހުށަހަޅައިދިނުމުން
 
ނިކް ޖޯނަސްގެ 27 ވަނަ އުފަންދުވަހު ޕްރިޔަންކާ ވަނީ ވަރަށް ހާއްސަ ހަފްލާއެއް ބާއްވާފަ

ހޮލީވުޑްގެ މަޝްހޫރު ފަންނާނު ނިކް ޖޯނަސް އަށް 27 އަހަރު ފުރިއްޖެއެވެ.

ހޮލީވުޑް އަދި ބޮލީވުޑްގައިވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޕްރިޔަންކާ ޗޯޕްރާ ވަނީ އޭނަގެ ފިރިމީހާ ނިކް ޖޯނަސްގެ 27 ވަނަ އުފަންދުވަހު ވަރަށް ހާއްސަ ހަފްލާއެއް ބާއްވާފައެވެ.

މި ހަފްލާއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ގޮސްފައިވަނީ ބޮލީވުޑްގެ ފިލްމެއް ކަމަށްވާ ދޭ ދޭ ޕިޔާރް ދޭގެ ލަވައެއް ކަމަށްވާ ހޯލެ ހޯލެ އަށް ނެށުމެއް ހުށަހަޅައިދިނުމުންނެވެ. އެ ލަވައަށް ނިކް ޖޯނަސް ވަނީ ޕްރިޔަންކާއަށްވުރެވެސް ފޯރިގަދަކޮށް ނަށާފައި ކަމަށް ބެލުންތެރިންގެ މެދުގައި ވާހަކަ ދެކެވިފައިވެއެވެ.

ނިކްގެ ބޭބެއެއްގެ އަންހެނުން ވަނީ، ނިކް އާއި ޕްރިޔަންކާ ހޯލެ ހޯލެ އަށް ނަށާފައިވާ އެ ވީޑިއޯ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ދައްކުވައިދޭ ގޮތުގައި ޕްރިޔަންކާ ހުރީ ނިކްގެ ނެށުން އޭނާއަށް ކަމުދިޔަވަރުން އެކަމާއިމެދު ހުނުން ނުހުއްޓިފައެވެ.

ބޮލީވުޑްގެ ލަވައަކަށް ނިކް ނެށި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެ ދެމީހުންގެ ކައިވެނީގެ "ސަންގީތު"ގެ ތެރޭގައި ދެމީހުންގެ އާއިލާއިންވެސް ވަނީ ޕްރިޔަންކާގެ ހިޓް ބޮލީވުޑް ލަވަތަކަށް ނެށުންތައް ހުށަހަޅާދީފައެވެ.

ގިނަ ދުވަސްތަކަކަށްފަހު ޕްރިޔަންކާ، ބޮލީވުޑްގެ ފިލްމަކުން ފެނިގެންދާނެއެވެ. އެއީ ފަރްހާން އަހްތަރް އާއި ޒައިރާ ވާސިމް ފެނިގެންދަނެ ފިލްމް " ދަ ސްކައި އިޒް ޕިންކް" އިންނެވެ. މި ފިލްމް ރިލީސް ކުރާނީ އޮކްޓޯބްރު މަހުގެ 11 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް