ހޮނިހިރު 04 ޖުލައި 2020
04 ފުނޯސް
1441 ޒުލްގައިދާ 13
ފަތިސް 04:40
އިރުއަރާ 05:58
މެންދުރު 12:14
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
ލަންކާ

ދެކުނު އޭޝިއާގެ އެންމެ އުސް ޓަވަރު ސްރީލަންކާގައި

  • ޓަވަރު ހުޅުވާދެއްވީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ
  • ބިނާ ކުރުމަށް ހަރަދުކޮށްފައިވާ ފައިސާ 10 އަހަރު ތެރޭގައި ދެ ބިލިޔަން ރުޕީސް އަނބުރާ ދައްކަންޖެހޭ

ކ. މާލެ | 17 ސެޕްޓެންބަރ 2019 | އަންގާރަ 13:06 | 8,268

ދަ ކޮލަމްބޯ ލޮޓަސް ޓަވަރ - ގޫގުލް

ދެކުނު އޭޝިއާގެ އެންމެ އުސް ޓަވަރު " ލޮޓަސް ޓަވަރ" ސްރިލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުޅުވައިފިއެވެ.

ޗައިނާ އާއި ލަންކާ ދެމެދު 2012 ވަނަ އަހަރު ހެދި "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ގެ ދަށުން ދެކުނު އޭޝިއާގައި ގާއިމްކުރާ އެންމެ އުސް ޓަވަރު ހުޅުވާދެއްވީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއެވެ. ރައީސް ސިިރިސޭނާ ވިދާޅުވީ މިތަން ބިނާ ކުރުމަށް ހަރަދުކޮށްފައިވާ ފައިސާ 10 އަހަރު ތެރޭގައި ދެ ބިލިޔަން ރުޕީސް އަނބުރާ ދައްކަންޖެހޭ ކަމަށެވެ.

"ލޮޓަސް ޓަވަރ" އަކީ ސަތާރަ ބުރީގެ 350 މީޓަރު އުސްމިނުގައި ހުންނަ ޓަވަރެކެވެ. ހޮޓާ ތަކާއި ރެސްޓޯރެންޓުތައް ހުންނައިރު މި ޓަވަރުގައި ޓެލެކޮމިއުނިކޭޝަން މިއުޒިއަމެއްގެ އިތުރުން އޮޑިޓޯރިއަމްއަކާއި އޮބަޒަވޭޝަން ޑެސްކެއް ވެސް ހުރެ އެވެ. ކޮންފަރެންސް ހޯލްތަކާއި ޝޮޕިންގް މޯލްތައް ހިމެނޭ މި ޓަވަރުގައި އެގްޒިބިޝަން ހޯލްތަކާއި މިއުޒިކް ޝޯތަކަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ އޮބްޒަވޭޓަރީ އެއްވެސް ޓަވަރުގައި ހުރެއެވެ.

ޓަވަރު އެޅުމަށް 100 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާއިރު އޭގެ 80 އިންސައްތަ ހަރަދުކޮށްފައިވަނީ ޗައިނާ ސަރުކާރުންނެވެ.

ޓަވަރަށް އެންމެ މަތީ ފަންގިފިލާތަށް ހުންނަނީ "ލޮޓަސް" މަލެއްގެ ސިފައިގަ އެވެ. މިޓަވަރު ހުޅުވާފައިވަނީ މަސައްކަތް ފުރިހަމައަށް ނުނިންމާއެވެ. ޓަވަރު އާންމުނަށް ހުޅުވާލަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. މި ޓަވަރަކީ ޓީީވީ އަދި ރޭޑިޔޯގެ ވަސީލަތްތަކުގެ ޓްރާންސްމިޝަން ސިގްނަލް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ވަސީލަތްތަކާއި އެކު ގާއިމްކޮށްފައިވާ ތަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.