އަންގާރަ 02 ޖޫން 2020
14 ރޯނު
1441 ޝައްވާލް 10
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
ފިޒިކަލް ފިޓްނަސް ސެންޓަރ

ހިލޭ ކުރިއަށްދާ ކްލާސްތަކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން: ފިޒިކަލް ފިޓްނަސް ސެންޓަރ

  • ކްލާސްތައް ކުރިއަށްދާނީ 26 ސެޕްޓެމްބަރުގެ ނިޔަލަށް
  • ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައިވަނީ
  • ޖިމް އަކީ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ހާއްސަ ޖިމެއް

ކ. މާލެ | 17 ސެޕްޓެންބަރ 2019 | އަންގާރަ 08:31 | 21,279

ފިޒިކަލް ފިޓްނަސް ސެންޓަރުގެ މެނޭޖަރު އަހްމަދު ރިޔާޒް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ - ރާއްޖެއެމްވީ

ފިޒިކަލް ފިޓްނަސް ސެންޓަރުން އާންމުންނަށް ހިލޭ ހުޅުވާލި ކްލާސްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ފިޒިކަލް ފިޓްނަސް ސެންޓަރ އިން ބުނެފިއެވެ.

ފިޒިކަލް ފިޓްނަސް ސެންޓަރުގެ މެނޭޖަރު އަހްމަދު ރިޔާޒް ވިދާޅުވީ ކްލާސްތަކަށް ހީކުރި ވަރަށް ވަރަށްވުރެން ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ވަރަށް ގިނަ ފަރާތްތަކުން ބުކިންގް ހަދަމުންދާ ކަމަށެވެ. ރިޔާޒް އިތުރަށް ވިދާޅުވީ ފިޒިކަލް ފިޓްނަސް ސެންޓަރގެ ފަރާތުން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައިވާ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދެ މަހަށް ޕޭމަންޓް ދެއްކުމުން އެއްމަސް ހިލޭ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޒިކަލް ފިޓްނަސް ސެންޓަރގެ ފަރާތުން ހިލޭ އާންމުންނަށް ހުޅުވާލާފައިވާ ބައެއް ކްލާސްތަކަކީ ޒުމްބާ، ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިންގ، ސްޓްރޯންގް ބައި ޒުންބާ، ޕައުންޑް އަދި ފިޓް މިކްސްއެވެ.

ފިޒިކަލް ފިޓްނަސް ސެންޓަރުން ހިލޭ ކްލާސްތައް ސެޕްޓަމްބަރު 7 ވަނަ ދުވަހު ފަށާފައިވާއިރު ކްލާސްތައް ކުރިއަށްދާނީ 26 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުންނަ މި ޖިމް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ފަތިހު 05:30 އަކުން ރޭގަނޑު 11:00 އަށެވެ. މެންދުރުފަހު އަންހެން ބޭފުޅުންނަށް ހާއްސަ ގަޑިތަކުގައި ޖިމް ހުޅުވުމަށް ނިންމާފައިވާ ކަމަށް ފިޒިކަލް ފިޓްނަސް ސެންޓަރުން ބުނެއެވެ.

މީގެ އިތުރުން ފިޒިކަލް ފިޓްނަސް ސެންޓަރުން ފިޓްޒޯންނާއި ފިޓްނަސް އޭޝިއާ ގުޅިން ބޮޑީ ޓްރާންސްފަރ ކޯހެއް އަންނަ އޮކްޓޯބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖިމް އަކީ މީގެ ދެ އަހަރު ކުރިން ހުޅުވާފައިވާ ޖިމްއަކަށްވާއިރު ޖިމް އަކީ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ހާއްސަ ޖިމެކެވެ.

މި ކްލާސްތަކާއި ބެހޭ އިތުރު މައުލޫމާތު 7960070 އަށް ގުޅުމުން ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.