ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 22:35
ކުވެއިތް އަމީރްގެ ގެކޮޅު
ކުވެއިތް އަމީރްގެ ގެކޮޅު
ވިކިޕީޑިއާ
ކުވެއިތު
ކުވެއިތުގެ ރިޔާސީ ގަނޑުވަރު މަތިން ޑްރޯން އެއް އުދުއްސި މައްސަލައެއް ބަލަނީ
 
އަމީރް ހުންނެވީ އެމެރިކާގައި
 
ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމަށް ވަނީ އަންގާފައި

ސައުދީ އަރަބިއްޔާގެ އަރަމްކޯ ތެޔޮ އުފައްދާ ތަންތަނަށް ހޫތީން ޑްރޯން ހަމަލާ ދިން ދުވަހު ކުވައިތުގެ ރިޔާސީ ގަނޑުވަރު މަތިން ޑްރޯންއެއް އުދުއްސި މައްސަލައެއް ބަލަން ފަށައިފިއެވެ.

ކުވައިތުގެ އަލް-ރަނި ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން ހޮނިހިރު ދުވަހު ގޮތް ނެގޭ ކުޑަ ކާރު ސައިޒުގެ ޑްރޯން އެއް ރިޔާސީ ގަނޑުވަރާއި 250 މީޓަރު މަތިން ލައިޓް އޮން ކޮށްގެން އުދުހިފައިވާ ކަމަށެވެ.

ކުވައިތުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ބޮޑުވަޒީރު ޝޭހް ޖަބެރް މުބާރިކް އަލް ސަބާހު އަމުރު ކޮށްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ޓްވީޓް ކޮށްފައިވާ ސްޓޭޓްމަންޓެއްގައި ވަނީ ބުނެފައެވެ.

އަލް ރައި ނޫހުގައި ބުނެފައިވަނީ، އެމެރިކާގައި މިހާރު ފަރުވާ ހޯދަމުންދާ އެގައުމުގެ އަމީރް ޝޭހް ސަބާހު އަލް އަހުމަދު ސަބާހުގެ ރަސްމީ ގެކޮޅުގެ މޫދާވީ ދިމާލުން އިރުގަނޑެއް ވަންދެން ޑްރޯން އުދުއްސާފައިވާ ކަމަށެވެ. ކަނޑު މަގުން އިރާނާއި، އެއްގަމު މަގުން އިރާގުގެ އިތުރުން ސައުދީ އަރަބިއްޔާއާ ގުޅިފައިވާ ކުވެއިތް އަކީ އޯޕެކްގެ މެމްބަރު ގައުމެކެވެ.

ޔަމަނުގެ ހޫތީން ދިން ޑްރޯންގެ ހަމަލާއާ ގުޅިގެން ސައުދީ އަރަބިއްޔާގެ އެނާޖީ މިނިސްޓަރ ޕްރިންސް އަބްދުލް އަޒީޒް ސަލްމާން ވިދާޅުވީ، ސައުދީން ދުވާލަކު ތެޔޮ އުފައްދާ މިންވަރު ގާތްގަނޑަކަށް 5.7 މިލިއަން ފީފާ އަށް ދަށްވެފައިވާ ކަމަށެވެ. ސައުދީން ދުވާލަކު 9.8 މިލިއަން ފީފާ ތެޔޮ އުފައްދާ ކަމަށް އޯޕެކުން މިދިޔަ މަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ މި ގެއްލުމުން އަރައިގަތުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އަރަމްކޯގެ ފެސިލިޓީއަކަށް ދިން ހަމަލާދީފައިވާއިރު މި ހަމަލާގެ ބަދަލު ހިފާނެ ކަމަށް ސައުދީގެ ކްރައުން ޕްރިން މުހައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފޯނުން ގުޅުއްވައިގެން މުހައްމަދު ވިދާޅުވީ، ސައުދީ އޮތީ ޓެރަރިޒަމާއި ދެކޮޅަށް ހަނގުރާމަ ކުރަން ތައްޔާރުވެފައި ކަމަށާއި ޔަމަނުން ދިން ހަމަލާގެ ބަދަލު ވަރަށް ހިތި ގޮތަކަށް ދޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
50%
50%
0%
0%
0%
0%
ކޮމެންޓް