ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 22:42
ޑޭވިޑް ޑެހެއާ
ޑޭވިޑް ޑެހެއާ
ގެޓީ އިމޭޖަސް
ޑޭވިޑް ޑެހެއާ
ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ޑެހެއާ 4 އަހަރަށް އިތުރުކޮށްފި
 
އާ އެއްބަސްވުމުގެ ދަށުން ޑެހެއާ ކްލަބުގައި މަޑުކުރަންޖެހޭނީ 2023 ވަނަ އަހަރުގެ ނިޔަލަށް

މެންޗެސްޓަރ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލު ކީޕަރ ޑޭވިޑް ޑެހެއާ ހަތަރު އަހަރަށް އިތުރުކޮށްފިއެވެ.

އުމުރުން 28 އަހަރުގެ ޑެހެއާ ޔުނައިޓެޑާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން އޭނާ ކްލަބުގައި މަޑުކުރަންޖެހޭނީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި އެއްބަސްވުމުގެ ދަށުން 2024 ގެ ނިޔަލަށްވެސް ކްލަބުގައި މަޑުކުރުމުގެ އިހްތިޔާރު އޭނާއަށް ވަނީ ލިބިފައެވެ.

އެއްބަސްވުން އާކުރުމަށްފަހު ޑެހެއާ ބުނީ، ޔުނައިޓެޑާއެކު 8 އަހަރު ހޭދަކުރެވުމަކީ ލިބޭ ފަހުރެއް ކަމަށާއި، އިތުރު އަހަރުތަކެއް ކްލަބާއެކު ހޭދަކުރަން ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ.

ޑެހެއާ ބުނީ، ޔުނައިޓެޑަށް އޭނާ ބަދަލުވިއިރު، ކްލަބާއެކު 350 މެޗު ކުޅެވޭނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި، އިތުރު ކާމިޔާބީތައް ކްލަބާއެކު ހޭދަކުރުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

ޔުނައިޓެޑާއެކު ޑެހެއާ އެއްބަސްވުން އާކުރީ އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އައި ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑްވެސް ހިމެނެއެވެ.

އެޓްލެޓިކޯ މެޑްރިޑުން ކެރިޔަރު ފެށި ޑެހެއާ ވަނީ އެޓީމަށް 84 މެޗު ކުޅެފަ އެވެ. އޭނާ އެ ކްލަބް ދޫކޮށްލުމަށް ފަހު ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 367 މެޗު ކުޅެފަ އެވެ.

އެޓްލެޓިކޯ މެޑްރިޑާއެކު ޔޫރޮޕާ ލީގު އަދި ޔޫއެފާ ސުޕާކަޕް ކާމިޔާބު ކޮށްފައިވާ ޑެހެއާ ވަނީ ޔުނައިޓެޑާއެކު ޕްރިމިއާ ލީގު، އެފްއޭކަޕް، ޔޫރޮޕާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިންފަހަރު ކާމިޔާބުކޮށްފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 40 މެޗު ކުޅެދީފައިވާ ޑެހެއާ ވަނީ އެޓީމާއެކު 17 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 21 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް