އަންގާރަ 26 މެއި 2020
07 ރޯނު
1441 ޝައްވާލް 03
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ

ރިލްވާންގެ މައްސަލައިގައި ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކޮށްފި

  • މަަސްއޫލިއްޔަތުން ދުރުކުރީ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި
  • މަރުތައްބަލާ ކޮމިޝަނުން ވަނީ ހަސަން އަލީގެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ރަސްމީކޮށް ޖޭއެސްސީއަށް އަންގާފައި
  • ހަސަން އަލީގެ މައްޗަށް ތުހުމަތުކުރެވެނީ ރިލްވާން ގައުމުން ބޭރަށް ދިޔަކަން ދައްކަން ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރަން މަސައްކަތްކުރި ކަމަށް

ކ. މާލެ | 16 ސެޕްޓެންބަރ 2019 | ހޯމަ 19:02 | 7,500

ފަނޑިޔާރު ހަސަން އަލީ (ކ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފް (ވ) - ސަން އޮންލައިން

ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައިފިއެވެ.

ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކުރުމަށް ނިންމާފައިވަނީ ހޯމަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަލްސާގައެވެ. މިކަމާއި ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރު ހަސަން އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރަން ނިންމީ، އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ހަސަން އަލީ ގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް ތަހުގީގުކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ރަސްމީކޮށް ޖޭއެސްސީއަށް އަންގާފައިވާތީ ކަމަށެވެ.

ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ކުރެވެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސަައްކަތްކުރާ ދެ ފުލުހުންނާއި ގުޅިގެން ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރައްވަން މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތެވެ. އެ ޑޮކިއުމެންޓް ތައްޔާރުކުރަން އުޅުނީ އަހްމަދު ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައެވެ. ފަނޑިޔާރު ހަސަން އަލީ އޭރު ހުންނެވީ އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަގާމުގައެވެ.

ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެވުނީ 2018 ވަނަ އަހަރުގެ މަރޗް މަހުގެ 18 ވަނަ ދުވަހުގައެވެ. އޭނާ ވަނީ ކުރިން ހައި ކޯޓުގެ ރަޖިސްޓްރަރގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހައުސިން މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ފުރުއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.