ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 18:49
ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު
ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު
މުހައްމަދު ޝަރުހާން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖޭއެސްސީން ރައީސަށް ލަފާއެރުވީ ދިޔާނާ ނުވަތަ މަހާޒު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް
 
އެއަށްފަހު ހުށަހެޅުއްވީ ފަނޑިޔާރު އަލީ ސަމީރުގެ ނަންފުޅު
 
ރައީސަށް ރެކޮމެންޑްކުރި ތިންވަނަ ނަމަކީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް
 
ޖޭއެސްސީއިން ފުރަތަމަ "ރެކޮމެންޑް" ކުރީ ދިޔާނާގެ ނަން ނެންގެވުމަށް

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދާއި, ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖޭއެސްސީއަށް ހުށަހެޅުއްވީ މަހާޒް އަލީ ޒާހިރުގެ ނަން ފުޅު އެވެ. އަދި ޖޭއެސްސީ ވަނީ ސުޕްރީމ ް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންނާވެސް އިންޓަވިއު ކުރައްވާފަ އެވެ. އެގެތެރޭގައި ދިޔާނާވެސް ހިމެނިވަޑައިގަންނަވަ އެވެ.

އިންޓަވިއުކުރުމަށްފަހު ޖޭއެސްސީގެ ބައްދަލުވުން ނިންމާފައިވަނީ ފުރަތަމަ ބޭފުޅެއްގެގޮތުން ސުޕްރީމް ކޯޓަށް ދިޔާނާ އައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށެވެ. އަދި ދެވަނަ އަށް އެ ކޮމިޝަނަށް ފެނިވަޑައިގެންނެވި ނަމަކީ މަހާޒްގެ ނަންފުޅުކަމަށް ޖޭއެސްސީން ބައްދަލުވުމުން ނިންމާފައިވެއެވެ.

އެއަށްފަހު ރައީސަށް ރެކޮމެންޑްކުރި ތިންވަނަ ނަމެއްގެ ގޮތުގައި އެ މަގާމަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި، އަލީ ސަމީރު އަދި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.

ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމު ހުސްވެފައިވުމާއި ގުޅިގެން އެމަގާމަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ. އޭގެ ތެރޭގައި ޖޭއެސްސީއިން ސަސްޕެންޑް ކުރުމަށް ނިންމި ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ވެސް ހިމެނިވަޑައިގަންނަވައެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗް 7 އަށް ވަނީ އިތުރުކޮށްފައެވެ. އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޑީޑީ މަގާމުން ވަކި ކުރެއްވުމާއި ގުޅިގެން އެ މަގާމު އޮތީ މިހާރު ހުސްކޮށެވެ. މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވަނީ ހަ ފަނޑިޔާރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
38%
0%
13%
ކޮމެންޓް
22 ސެޕްޓެންބަރ 2019 | އާދީއްތަ 18:18
ޢާމިރު
ދިޔާނާ އަށް ތިކަން ވާނެބާ ދޯ؟
16 ސެޕްޓެންބަރ 2019 | ހޯމަ 20:02
ހަސަނު
ޑިޔާނާއަށް ނުފޫޒުން އެއްކިބާވެ ޙުކުމް ކުރެވޭނެބާ؟