ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ވިޔަފާރި - މޯލްޑިވް ގޭސް

މޯލްޑިވް ގޭހުން ލުއިފުޅީގެ ހާއްސަ ޕެކޭޖްތަކެއް ލޯންޗްކޮށްފި

  • ދެ ޕެކޭޖަކީ ލުއި ބޭސިކް އަދި ލުއި ސްޓޭންޑާރޑް ޕެކޭޖް
  • މިއީ ކަސްޓަމަރުންނަށް ލުއިފުޅި ގަތުމުގައި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރި ޕެކޭޖްތަކެއް
  • އަބަދުވެސް އެއް އަގެއްގައި މި ޕެކޭޖްތައް ކަސްޓަމަރުންނަށް ލިބެން ހުންނާނެ

ޝަރޫނާ އަބްދުﷲ
AbdullaSharoona

ކ. މާލެ 16 ސެޕްޓެންބަރ 2019 | ހޯމަ 18:36 2,762

ޕެކޭޖްތައް ތައާރަފް ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން - އާކައިވް

މޯލްޑިވް ގޭސްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ލުއިފުޅީގެ ހާއްސަ ދެ ޕެކޭޖެއް އެ ކުންފުނިން ތައާރަފްކޮށްފިއެވެ.

ހޯމަ ދުވަހު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ތައާރަފް ކުރެވުނު ދެ ޕެކޭޖަކީ ލުއި ބޭސިކް އަދި ލުއި ސްޓޭންޑާރޑް ޕެކޭޖްއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވް ގޭސްގެ ފަރާތުން އެ ކުންފުނީގެ ހެޑް އޮފް މާކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ އަލަށް ތައާރަފް ކުރެވުނު މި ޕެކޭޖްތަކަކީ އެކުންފުނީގެ ކަސްޓަމަރުންނަށް ލުއިފުޅި ގަތުމުގައި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރި ޕެކޭޖްތަކެއް ކަމަށެވެ.

ލުއި ބޭސިކް ޕެކޭޖްއާއެކު އެކުންފުނިން ލުއިފުޅީގެ އާ ޑިޒައިންގެ ސިލިންޑާއެއް ތައާރަފްކޮށްފައިވެއެވެ. އަދި ލުއި ބޭސިކް ޕެކޭޖްގައި ހިމެނިގެންދާ ކަންތައްތަކަކީ ސިލިންޑާއާއި 10 ކިލޯގެ ގޭހުގެ އިތުރުން ކަނެކްޝަންގެ ގޮތުގައި ފަސް ފޫޓުގެ ޕައިޕް ކަމަށް އައިމިނަތު މުހައްމަދު ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ދަގަނޑު ފުޅި ގެންގުޅޭ ފަރާތްތަކަށް، ލުއި ފުޅިއާއެކު ލިބޭ ކަނެކްޝަން ކިޓް ކުންފުނީގެ ފަރާތުންގޮސް ގުޅައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލުއި ސްޓޭންޑަރޑް ޕެކޭޖްއަކީ މިހާރު ދަގަނޑު ފުޅި ގެންގުޅޭ ފަރާތްތަކަށް، ލުއި ފުޅި ގަންނައިރު، ރައްކާތެރި އަދި ތަޅުލެވޭ ރެގިއުލޭޓަރ އެއް އެ ފުޅިއާއެކު ގަތުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވެސް އައިމިނަތު ވިދާޅުވިއެވެ. މި ޕެކޭޖްގެ އަގަކީ 1435 ރުފިޔާއެވެ.

އަބަދުވެސް އެއް އަގެއްގައި މި ޕެކޭޖްތައް ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމަށް އައިމިނަތު ވިދާޅުވިއެވެ. ލުއިފުޅިއަކީ ކަސްޓަމަރުންގެ ތެރޭގައި އެއަށް ތަރުހީބު ބޮޑު ޕްރޮޑަކްޓްތަކެއް ކަމަށް މޯލްޑިވް ގޭހުން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް