ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 19:10
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
ޝުއައިބް މުހައްމަދު އިގްބާލް
މަގޭ ރިޕޯޓް
ދީނުގެ ވާހަކަދައްކަވާއިރު، ޤާސިމް ބަރޯސާވަނީ ރަލާ އޫރު މަހުގެ ވިޔަފާރީއަށް!
 
ހޯމަ ދުވަހުގެރޭގެ ޖަލްސާގައި ޤާސިމް ވަނީ ރައީސް ނަޝީދު އުޅުއްވަނީ ރާއްޖޭގައި އިސްލާމްދީން އޮންނާތީ ކަންބޮޑުވެގެންކަމަށް ވިދާޅުވެފައި
 
ނިމުނު 2018 ޖެނުއަރީ މަހުގައި ޤާސިމްގެ ރިސޯޓުތަކަށް ރާ އެތެރެކުރުން މަނާކުރުމުން ވިޔަފާރި ހުއްޓުމަކަށް އައި

ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕާޓީގެ ލީޑަރު އަދި މަހުޖަނު ޤާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން އޮންނާތީ އެކަމާއި މެދު ބަޔަކު ކަންބޮޑުވެގެން އުޅުއްވާތަން ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި ''ކޮށި ކުޑަކޮށްލާފަ'' ދަންނަވާނަމަ އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ކަމަށް ގާސިމް ވިދާޅުވިއެވެ.

އެގޮތަށް ވިދާޅުވުމަށްފަހު، އެކި ގޮތްގޮތުން ދީނީ ވާހަކަތަކާއެކު މަހުޖަނު ގެންދެވީ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުންނެވެ. ފަހަރުގައި ސިޔާސީ ގޮތުން ބައެއްގެ ސަމާލުކަން ހޯދެން އޮތް ހަމައެކަނި ގޮތަކީ މޮޅުގޮތަކަށް ދީނީ ވާހަކައެއް ދެއްކެވުންކަމަށް ދެކިވަޑައިގަންނަވަނީކަމަށްވެދާނެ އެވެ. ނަމަވެސް ދައްކަން މި އުޅެނީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކީ ކޮން ކަހަލަ ވާހަކަފުޅެއްތޯ އެއް ނޫނެވެ. އަދި އެއީ ދީނީ ވާހަކައެއްތޯ ނުވަތަ ލާދީނީ ވާހަކައެއްތޯއެއްވެސް ނޫނެވެ. ނަމަވެސް ޤާސިމް އިބްރާހިމް ދީނުގެ ވާހަކަދެއްކެވިއިރު، އަމިއްލަފުޅު ހާލަކީ ކޮބައިތޯ ވިސްނާލުމަކީވެސް މުހިންމުކަމެވެ.

މަހުޖަނު ޤާސިމް އިބްރާހިމް، ގިނަ ރިސޯޓުތަކެއް ހިންގަވާއިރު، ޤާސިމަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރަލާއި އޫރު މަހުގެ ވިޔަފާރި ކުރައްވާ އެއް މަހުޖަނު އެވެ. މުޅި ހާންދާން ބިނާކޮށް، ބޮޑުކޮށް، ފުޅާ ކުރައްވަމުންގެންދަވަނީ ހަމަ މި ދެންނެވި ރަލާ އޫރު މަހުގެ ވިޔަފާރީގެ ތެރެއިންނެވެ.

މިކަމުގައި މާދުރު މާޖީއަކަށްދާކަށް ނުޖެހެ އެވެ. ނިމުނު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަހުޖަނު ޤާސިމްގެ ރިސޯޓުތަކަށް ރާ އެތެރެކުރުން މަނާކުރުމުން ކަންވީގޮތް މިހާރުވެސް އެ އޮތީ މީޑިއާތަކުގައި ހާމަކޮށް ފެންނާށެވެ. މުޅި ވިޔަފާރި ހުއްޓުމަކަށް އަންނާނެކަމުގެ ބިރާއެކު، އެހެން ރިސޯޓުތަކުންވެސް ރާ ރިސޯޓުތަކަށް އެތެރެކުރުމަށް މަހުޖަނުގެ ކުންފުނިތަކުން ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. ބުނަމުން ގެންދިޔައީ އެންމެ ދުވަހަކަށްވެސް ރިސޯޓަށް ރާ އެތެރެނުކުރެވިއްޖެނަމަ ރިސޯޓު ހިންގުން ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

މުޅި ހާންދާން ރަލާ، އޫރު މަހުގެ ވިޔަފާރިން ބިނާކޮށް، ކޮޅަށްޖަހައި، އޭގެއިން އުޅުއްވާ ބޭފުޅަކު ނިކުމެވަަޑައިގެން ދީނުގެ ވާހަކަތައް ދެއްކެވުމުން ގަބޫލުނުކުރެވެނީ މި ދެންނެވި ސަބަބާއި ހުރެ އެވެ. އެހެނެއް ނޫން، ޤާސިމްވެސް ނިކުންނަވާ، ސިޔާސީ ވާހަކައާއި، ވިޔަފާރީގެ ވާހަކަތައް ދައްކަވާނަމަ އެ ދައްކަވާ ވާހަކަފުޅެއްގައި ހެޔޮ ނިޔަތެއް ކޮންމެވެސް ވަރަކަށް އޮތްކަމަށް ގަބޫލުކުރުމުގެ ފުރުސަތު ބޮޑު އެވެ. ނަމަވެސް ރަލާއި އޫރު މަހުގެ ވިޔަފާރިން ކޮންމެ ދުވަހަކު އެތަށް ފައިދާތަކެއް ހޯދަވަމުން، ނިކުމެވަޑައިގެން، ލިބިވަޑައިގަންނަވާ ކޮންމެ ޕޯޑިއަމެއްގައި ދީނުގެ ވާހަކަ ދެއްކެވުމުން ނިޔަތާއި މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބިގެންދެ އެވެ.

ރައީސް ނަޝީދެއްކަމަކު އަދި އެހެން ބޭފުޅަކުނަމަވެސް ދީނާ ހިލާފު ވާހަކައެއް ދައްކަަވައިފިނަމަ އެ ވާހަކައަކާއި ގުޅެގޮތުން ރަނގަޅުގޮތް ބުނެދެއްވާނީ ދިނީ އިލްމުވެރިންނެވެ. ރާއްޖެއަކީ އުގެނިގެން ތަރުބިއްޔަތުވެގެން ތިބި ދީނީ އިލްމުވެރިން ނިސްބަތުން ގިނަވެސް ޤައުމެކެވެ. ރާއްޖޭގެ މުސްތަގުބަލަށްޓަކައިވެސް އެމީހެއްގެ ދާއިރާގެ ތެރެއިން ވާހަކަ ދެއްކުމަކީ މުހިންމުކަމެކެވެ. ލިބިވަޑައިގަންނަވާ ކޮންމެ ޕޯޑިއަމެއްގައި، ކޮންމެ ބޭފުޅެއް ނަމަވެސް ހެއްދެވި ހުރިހާ ވާހަކަފުޅެއް ދެއްކުމުގެ ނަތީޖާ ގޯސްކަން މިއަދުވެސް މިއޮތީ ފެންނާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
15%
0%
0%
4%
8%
73%
ކޮމެންޓް
17 ސެޕްޓެންބަރ 2019 | އަންގާރަ 20:28
ބޭބެ
މީހަކު ރަލާއި އޫރުމަސް ވިއްކުން ނުވަތަ އެނޫން ވެސް ހަރާމް ކަމެއް ކުރުމަކީ އެމީހަކަށް ދީނީވާހަކަ ނުދެއްކޭނެ ސަބަބެއްނޫނެވެ އަދިއެފަދަ ވާހަކައެއް މީހަކުދެއްކުމަކި އެކަމާއިހުރެ ފަޔަށް ހިނިއަރަންޖެެ ސަބަބެއް ނޫނެވެ އަދިފެށުނީއްސުރެ ލާދީނީ ވާހަކަ ދައްކާ މީހަކީ ޠާހިރު މައުޞޫމު މީހަކުކަން ދައްކާން މަސައްކަތް ކުރުމަކީ ލާދީނިއްޔަތު ފަތުރަން ކުރެވޭ މަސައްކަތެކެވެ ކުޑަހިތި ބޮޑު ހިތީގާ ވިއކާ ހަދަނީ ބަކަރި މަހާއި މާމުއި ތޯ؟

17 ސެޕްޓެންބަރ 2019 | އަންގާރަ 00:48
ޖަޒީރާ
ބަލަގަ. ރާ ބުއިމާ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާ ވަކިކުރަން ނޭނގެ މޮޔައެއްތަ މި ހަަބަރު ލިޔުނީ.
16 ސެޕްޓެންބަރ 2019 | ހޯމަ 21:57
ކާސިމް
އެއް ހަރާމް ކަމަކަށް އަރައިގަތުމަކީ އަނެއްކަމަކަށް އަރައިގަތުމަށް ލިބޭ ހުއްދައެއްތޯ؟
16 ސެޕްޓެންބަރ 2019 | ހޯމަ 19:56
ހައި
ކިތަންމެ ވަރަށްދޮން ކުރިއަސް ދުނބުރި އަނބަކަށް ނުވާނެ ހޫނ އިލްމު ވެރިން ބަސް އިބިލީސް ގަބޫލު ކުރޭތަ؟؟؟؟