ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 18:10
އަލްޝާލީމެރިންގެ ކޯސްޓް ކްރާފްޓް 38 ޕްލަސް
އަލްޝާލީމެރިންގެ ކޯސްޓް ކްރާފްޓް 38 ޕްލަސް
އަލްޝަލީމެރިން
އަލްޝާލީމެރިންގެ ކޯސްޓް ކްރާފްޓް 38 ޕްލަސް ދައްކާލައިފި
 
މި އުޅަނދު ފަރުމާކުރެވުނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބޯޓް ޝޯގައި ބައިވެރި ކުރުމަށް
 
މި އުޅަނދުގައި 31 މީހުންނަށް ދަތުރުކުރުމުގެ ޖާގަ ހުރޭ
 
މި އުޅަނދަކީ ދިގުމިނުގައި 32 ފޫޓު ހުންނަ އުޅަނދެއް

އަލްޝާލީމެރިންގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ކޯސްޓް ކްރާފްޓް 38 ޕްލަސް ދައްކާލައިފިއެވެ.

ހުރިހާ މާކެޓަކަށް ބޭނުންކުރެވޭ މި އުޅަނދަކީ ދިގުމިނުގައި 32 ފޫޓު ހުންނަ އުޅަނދެއް ކަމަށާއި މި އުޅަނދުގައި 31 މީހުންނަށް ދަތުރުކުރުމުގެ ޖާގަ ހުންނަ ކަމަށް އެ ކުންފުނީގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

އަލްޝާލީމެރިންގެ ފަރާތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ އިސްމާއިލް ޝަރީފް ވިދާޅުވީ މި އުޅަނދު ފަރުމާކުރެވުނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބޯޓް ޝޯގައި ބައިވެރި ކުރުމަށް ކަމަށާއި ނަމަވެސް އެ ޝޯ ރީޝެޑިއުލް ވެގެން ދިއުމުން އުޅަނދު މާކެޓަށް ނެރުނީ ކަމަށެވެ.

އަލްޝާލީމެރިން އިން ދައްކާލި މި ލޯންޗަކީ ސްޓެބިލިޓީ އަދި ޑިއުރެބިލިޓީ ރަނގަޅު އުޅަނދެއް ކަމަށާއި މި އުޅަނދުގެ އޮނިގަނޑުގައި ފެނުގެ އަސަރުކޮށްގެން، ހަލާކުވާނެ އަދި ފީވާނެ ފަދަ އެއްވެސް ބާވަތެއްގެ މެޓީރިއަލްއެއް ބޭނުންކޮށްފައި ނުހުންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ސެޕްޓެމްބަރު މަހުން ފެށިގެން އެކުންފުނިން ބަންނަ ކޮންމެ އުޅަނދަކަށް ޑިފެކްޓްސް ވޮރަންޓީގެ ގޮތުގައި 18 މަސް ލިބިގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑުމެން ބާލާ ކޮންމެ ލޯންޗެއްގައިވެސް އެއްވެސް ކަހަލަ މައްސަލައެއް އުޅޭނަމަ ކޮންމެ ކަސްޓަމަރަކަށް ގާތުން ސަރވިސް ލިބިގެންދާނެ، އަޅުގަނޑުމެން ބާލާ ކޮންމެ ލޯންޗަކަށް އެ ލޯންޗެއްގެ ޑޭޓާ ޝީޓްވެސް ހަވާލުކުރާނަން
އަލްޝާލީމެރިންގެ އޮޕަރޭޝަންސް މެނޭޖަރ އިސްމާއިލް ޝަރީފް

އެހެން ކުންފުނިތަކުގެ ލޯންޗުތަކާއި ބަލާއިރު ސައިޒުގެ ގޮތުންނާއި ޑިޒައިންގެ ގޮތުން ތަފާތުކަމެއް ފެނިގެންދާނެ ކަމަށާއި ބަލާލަންވެސް މި ލޯންޗު ރީތިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަލްޝާލީ މެރިން ކުންފުންޏަކީ 100 ފޫޓަށްވުރެވެސް ދިގު ލޯންޗުތަކާއި ޔޮޓް ފަދަ އުޅަނދުތައް ބަނުމުގައި ކުޅަދާނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
0%
33%
33%
ކޮމެންޓް