ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 22:42
ސަލްމާން އާއި އާލިއާ
ސަލްމާން އާއި އާލިއާ
ހިންދުސްތާނީ ޓައިމްސް
ސަލްމާން ހާން
ސަލްމާން އިންޝާﷲ ދޫކޮށްލީ އާލިއާ ގައިގޯޅިވާން ބޭނުން ނުވާތީ
 
ފިލްމު ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރު

ސަންޖޭ ލީލާ ބަންސާލީގެ ''އިންޝާﷲ'' ސަލްމާން ހާން ދޫކޮށްލީ އެ ފިލްމުގައި ހަރަކާތްތެރިވާ އަންހެން ބަތަލާއާ ގައިގޯޅިވާން ބޭނުން ނުވާތީ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެ ފިލްމު ކުރިން ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. ކުރިން އަޑު ފެތުރިފައިވާ ގޮތުން ސަލްމާން އެ ފިލްމު ދޫކޮށްލާފައިވަނީ ބަންސާލީއާ ހިޔާލު ތަފާތުވުން ތަކެއް އުފެދުމުންނެވެ. އެ ފިލްމަކީ ލޯބީގެ ފިލްމަކަށްވާއިރު ސަލްމާން ބޭނުންވީ ލޯބީގެ ބައިތައް ނުކުޅެ އެހެނިހެން ބައިތައް ހިމެނޭ ގޮތަށް ފިލްމު ކުރިޔަށް ގެންދިޔުމަށެވެ. އެކަމަކު ބަންސާލީ ބޭނުންވީ ލޯބީގެ ބައިތައް ވެސް ފިލްމުގައި ހިމަނާށެވެ.

އަޑުތައް ފެތުރޭ ގޮތަކީ ސަލްމާން އެ ފިލްމު ދޫކޮށްލީ އާލިއާ މާ ބޮޑަށް ގައިއޯޅިވާން ބޭނުންނުވާތީއެވެ. އަދި ލީޑް ރޯލު ކުޅޭ އަންހެނުންނާއެކު ފިލްމުގައި މާ ބޮޑަށް ގައިގޯޅިވުމަކީ އެއްވެސް އިރެއްގައި ސަލްމާން އެހާ ގަޔާވާ ކަމެއް ނޫނެވެ.

ސަލްމާން އާއި ބަންސާލީ އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ 1996 ވަނަ އަހަރު ނެރުނު ހާމޯޝީ ފިލްމުގައެވެ. އޭގެ ފަހުން ހަމްދިލްދޭ ޗުކޭހޭ ސަނަމްގައި ވެސް ދެ މީހުން ވަނި އެކުގައި މަސައްކަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
11%
75%
4%
0%
4%
7%
ކޮމެންޓް