ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ރާއްޖެ - ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ތޮލާލް އިސްތިއުފާ ދެއްވައިފި

  • އިސްތިއުފާ ދެއްވި ސަބަބަކާއި އިސްތިއުފާ ދެއްވި ދުވަހެއް ތޮލާލް ހާމައެއް ނުކުރައްވާ

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 16 ސެޕްޓެންބަރ 2019 | ހޯމަ 13:01 14,386

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަޙްމަދު ތޮލާލް - ރާއްޖެއެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުހައްގުން ދީފައިވާ ފްލެޓްތަކާއި ހައުސިން ޕްރޮޖެކްޓް ދޫކޮށްފައިވާ ގޮތް ރިވިއުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން އަޙްމަދު ތޮލާލް އިސްތިއުފާ ދެއްވައިފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ އޭނާ މިހާރު ކޮމިޓީ އިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ސަބަބަކާއި އިސްތިއުފާ ދެއްވި ދުވަހެއް ތޮލާލް ހާމައެއް ނުކުރައްވައެވެ.

"ހިޔާ" މަޝްރޫ އާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި ދެފުށް ފެންނަ ގޮތަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭ ގޮތް ހެދުމަށް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ"ގެ ނަމުގައި ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ މުޙައްމަދު މުޢިއްޒު އަދުނާން، ޝީރީން ނާހިދާ ލަޠީފު، ފާޠިމަތު ރަޝީދާ، ޢަލީ ޝުހައިލް މުޙައްމަދުއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުހައްގުން ދީފައިވާ ފްލެޓްތަކާއި ހައުސިން ޕްރޮޖެކްޓް ދޫކޮށްފައިވާ ގޮތް ރިވިއުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ރިޕޯޓް ނިމޭވަރު ވާނީ ސެޕްޓެމްބަރު މަހު ކަމަށް ރާއްޖެއެމްވީ އަށް ވަނީ މީގެ ކުރިން އެނގިފައެވެ. ނަން ނުޖަހަން ޝަރުތުކޮށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފްލެޓް ކޮމިޓީގެ މެމްބަރަކު ވިދާޅުވީ، ފްލެޓްތައް ދީފައިވާ އުސޫލު ބަލައި ދިރާސާތައް ކުރުމަށް ފަހު ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް އެ ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ. އެ ކޮމެޓީއިން އަންނަނީ ހިޔާ މަޝްރޫއަށް ހުށައަޅާފައިވާ 22,000 ފޯމް ދިރާސާ ކުރަމުން ކަމަށާއި އެކަމަށް ދުވަސްތަކެއް ނަގާނެ ކަމަށް އޭރު އެ މެމްބަރު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ، ރިޕޯޓް ނިމި އެ މިނިސްޓްރީއާ ލިބުމުން ހައްގުވެރި ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ފްލެޓްތައް ނޮވެމްބަރު މަހަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އެކި އެކި މަޝްރޫއުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު ބައެއް ޕްރްޖެކްޓްތަކުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ނަމަވެސް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށް އެމްޑީޕީގެ އެޖެންޑާ 19 ގައި މުހިއްމު ސިޔާސަތުތަކެއް ކަނޑައަޅާފައިވާއިރު، މާލޭގެ ގޯތި ގެދޮރު ނެތް ހުރިހާ ފަރާތްތަކަށް މި ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވެ އެވެ. މާލެއަށް ޚާއްސަކޮށް، އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރު ނެތް ރައްޔިތުންނަށް ޚާއްސަކޮށްގެން ބޮޑު ހައުސިންގް ޕްރޮޖެކްޓެއް ދާދި އަވަހަށް އިއުލާނު ކުރެވިގެންދާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވެފައި ވެއެވެ. އަދި އޭގެ އިތުރުން އެޖެންޑާ 19ގެ ދަށުން މާލޭގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ލިބިގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ދީފައިވާކަން ވަނީ ހަމާވެފައެވެ. ފްލެޓްތައް ދިނުމުގައި އިސްކަން ދީފައި ވަނީ ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމްއަށް ނިސްބަތްވާ މީހުންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް