ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 14:53
އާސެނަލް މެޗުގެ ތެރެއިން
އާސެނަލް މެޗުގެ ތެރެއިން
ބީބީސީ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ވޮޓްފާރޑް އިން އާސެނަލް ހިފަހައްޓައިފި
 
މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާ އަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ވޮޓްފާރޑް އިން އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުފަށައިގެން މޮޅަށް ކުޅެ ހަމަލާ އުފެއްދޭތޯ މަސައްކަތް ކޮށްފައިވަނީ އާސެނަލުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު އާސެނަލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ އޮބަމިޔާންއެވެ.

މި ލަނޑާ އެކު އިތުބާރާއެކު ކުޅެމުންދިޔަ އާސެނަލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑުވެސް އާސެނަލަށް ކާމިޔާބުކޮށްދިނީ އޮބަމިޔާންއެވެ.

ފުރަތަމަ ހާފު ނިމިގެންދިޔައީ އާސެނަލުން 2-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވޮޓްފާރޑް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އާސެނަލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި އާސެނަލުގެ ގޯލަށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ވޮޓްފާރޑް އިން ވަނީ މެޗުގެ 53 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮމްއެވެ.

މި ލަނޑަށް ފަހުވެސް ވޮޓްފާރޑުން ވަނީ އާސެނަލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ވޮޓްފާރޑް އިން ކާމިޔާބުކުރި ދެވަނަ ލަނޑު އެޓީމުން ކާމިޔާބުކޮށްދިނީ މެޗުގެ 81 ވަނަ މިނެޓުގައި ރޮބޭޓޯ ޕެރޭރާއެވެ.

މި ނަތީޖާ އާއިއެކު ލީގު ތާވަލުގެ ހަތް ވަނައިގައި އާސެނަލް އޮތީ ލިބުނު އަށް ޕޮއިންޓާއެކު ފައިދާ ގޯލު މަދު ވުމުންނެވެ. ލީގުގެ ފުލުގައި އޮތް ވޮޓްފާރޑް އަށް ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް