ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 23:06
ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
ސައުދީ އަރަބިއާ
ބިން ސަލްމާން ޓްރަމްޕް އަށް: ތެޔޮ އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ބަދަލު ހިފާނަން
 
އެމެރިކާއިން ސައުދީއަށް އެހީވާނެކަން ޓްރަމްޕް ވަނީ ބިން ސަލްމާން އަށް ކަށަވަރުކޮށްދީފަ
 
ހަމަލާތަކުގެ ސަބަބުން އެގައުމުގެ ތެޔޮ އުފައްދާ އިންސައްތަ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ
 
ބިން ސަލްމާން ވިދާޅުވީ ޔަމަނުން ދިން މި ހަމަލާގެ ބަދަލު ވަރަށް ހިތިގޮތަކަށް ދޭނެ ކަމަށް

ސައުދީ އަރަބިއާގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ބަދަލު ހިއްޕަވާނެ ކަމަށާއި އެކަމުގެ ގާބިލުކަން އެބަހުރިކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތުގައި، ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ މި އަމަލުތަކާއި ކުރިމަތިލައްވާނެ ކަމަށް ޓްރަމްޕްއާ ފޯނުން ވާހަކަ ދައްކަވަމުން، ބިން ސަލްމާން ވިދާޅުވިކަމަށް ސައުދީ ޕްރެސް އޭޖެންސީގައި ރިޕޯޓްކޮށްފައިވެއެވެ. ބިން ސަލްމާން ވިދާޅުވީ ޔަމަނުން ދިން މި ހަމަލާގެ ބަދަލު ވަރަށް ހިތިގޮތަކަށް ދޭނެ ކަމަށެވެ.

ސައުދީގެ ތެޔޮ އުފައްދާ މައި ދެ ކުންފުނި، އަރަމްކޯގެ ދެ ތަނަކަށް ހޫތީން ވަނީ ޑްރޯންގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އެގައުމުގެ ތެޔޮ އުފައްދާ އިންސައްތަ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ހަމަލާގެ ސަބަބުން ސައުދީން ތެޔޮ އުފައްދާ މިންވަރު ވަނީ 50 އިންސައްތައާ ހަމައަށް ދަށަށް ގޮސްފައެވެ.

ވޮޝިންޓަން ޑީސީގައި ހުންނަ ސައުދީގެ އެމްބަސީން ނެރުނު ބަޔާނެއްގައި ވާގޮތުން، ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް އެމެރިކާއިން ސައުދީއަށް އެހީވާނެކަން ޓްރަމްޕް ވަނީ ބިން ސަލްމާން އަށް ކަށަވަރުކޮށްދީފައެވެ.

ސައުދީއަށް ދިން މި ހަމަލާގެ ސަބަބުން އެމެރިކާގެ އިތުރުން ބައިނަލްއަގްވާމީ އިގްތިސާދަށްވެސް އެކަމުގެ އަސަރު ކޮށްފައިވާކަމަށް ބިން ސަލްމާން ގާތުގައި ޓްރަމްޕް ވިދާޅުވި ކަމަށް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ސައުދީގެ ތެޔޮ ފެސިލިޓީތަކަށް ދިން ހަމަލާތަކުގައި 10 ޑްރޯން ބޭނުންކޮށްފައިވެއެވެ. ޔަމަންގެ ހޫތީން މި ހަމަލާގެ ޒިންމާ ނަގާފައިވީނަމަވެސް މި ހަމަލާތައް ދިނީ ޔަމަނުންކަން އެނގޭނެ ހެކި ފެންނަން ނެތް ކަމަށާއި މި ހަމަލާގެ ޒިންމާ އީރާނުން ނަގަންޖެހޭ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ވިދާޅުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
8%
17%
58%
17%
0%
ކޮމެންޓް
16 ސެޕްޓެންބަރ 2019 | ހޯމަ 01:33
ތެލައިގެން
ތެލައިގެން ތަތްތެޅެނީ!
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ