އަންގާރަ 02 ޖޫން 2020
14 ރޯނު
1441 ޝައްވާލް 10
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
ހަމްޒާ ބިން ލާދިން

ހަމްޒާ ބިން ލާދިން މަރާލީ އެމެރިކާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި

  • ހަމްޒާ މަރާލާފައިވަނީ ޓެރަރިޒަމާއި ދެކޮޅަށް އަފްގާނިސްތާނުއާއި ޕާކިސްތާނުގައި ހިންގި އޮޕަރޭޝަނެއްގައި
  • ހަމްޒާ އެންމެފަހުން ފެނިފައިވަނީ 2018 ވަނަ އަހަރު ސައުދީއާއި ދެކޮޅަށް ތެދުވުމަށް ގޮވާލާފައިނެރުނު ވީޑިއޯއަކުން
  • އުސާމާ ބިން ލާދިން މަރާލާފައިވަނީ 2011 ވަނަ އަހަރު އެމެރިކާގެ ސްޕެޝަލް ފޯރްސްއިން ހިންގި އޮޕަރޭޝަނެއްގަ

ކ. މާލެ | 15 ސެޕްޓެންބަރ 2019 | އާދީއްތަ 19:35 | 3,767

ހަމްޒާ ބިން ލާދިން - ޓްވިޓަރ

އޮސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން މަރާލީ ޓެރަރިޒަމާއި ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް އެގައުމުން އެއްބަސްވެއްޖެއެވެ.

ވައިޓްހައުސްއިން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހަމްޒާ މަރާލާފައިވަނީ ޓެރަރިޒަމާއި ދެކޮޅަށް އަފްގާނިސްތާނުއާއި ޕާކިސްތާނުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ހަމްޒާ މަރުވިކަމުގެ ހަބަރު ލިބިފައިވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ހާމަކުރީ ފާއިތުވި ޖުލައި މަހުއެވެ. ނަމަވެސް އޭރު އޭނާ މަރުވީ ކިހިނެތް އަދި ކޮންތާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އޭރު ބައެއް މީޑިއާތަކުގައި ދެކެވުނު ވާހަކައަކީ ހަމްޒާ މަރުވުމަށް މެދުވެރިވި އޮޕަރޭޝަނުގައި އެމެރިކާގެ އަތެއް އޮތް ކަމަށެވެ. ވައިޓްހައުސްއިން އޭރު އެކަމާއިމެދު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ވައިޓްހައުސްއިން މިކަން ކަށަވަރުކޮށްދީފައި މިވަނީ އުސާމާ ބިން ލާދިން އިސްވެ ހުރެ، ސެޕްޓެމްބަރ 11 ގައި ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ޓެރަރިސްޓު ހަމަލާއަށް އަށް އަހަރު ފުރުނުތާ ތިން ދުވަސް ވޭތުވެފައިވަނިކޮށެވެ.

ހަމްޒާ އެންމެފަހުން ފެނިފައިވަނީ 2018 ވަނަ އަހަރު ސައުދީ އަރަބިއާއަށް އިންޒާރުދީ އަދި އަރަބި ގައުމުތަކުން ސައުދީއާއި ދެކޮޅަށް ތެދުވުމަށް ގޮވާލާފައިނެރުނު ވީޑިއޯއަކުންނެވެ.

އުސާމާ ބިން ލާދިން މަރާލާފައިވަނީ 2011 ވަނަ އަހަރު އެމެރިކާގެ ސްޕެޝަލް ފޯރްސްއިން ހިންގި އޮޕަރޭޝަނެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.