ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 14:31
އިސްމާއިލް ރަޝީދު (ސްމައިލީ)
އިސްމާއިލް ރަޝީދު (ސްމައިލީ)
ފޭސްބުކް
އިސްމާއިލް ރަޝީދު (ސްމައިލީ)
ކާމިޔާބު ހޯދަން ބޭނުން، ބޭނުން ވަނީ ފުރުސަތު: ސްމައިލީ
 
ސާފިންގްގައި ދެވޭނެ އެންމެ ކުރިޔަށް ދާން ބޭނުން ކަމަށް ސްމައިލީ ބުނި

ކާމިޔާބު ހޯދަން ބޭނުންވާ ކަމަށާއި، ނަމަވެސް ބޭނުންވަނީ ފުރުސަތު ކަމަށް އިސްމާއިލް ރަޝީދު (ސްމައިލީ) ބުނެފިއެވެ.

ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި ސްމައިލީ ބުނީ، ސާފިންގްގައި ދެވޭނެ އެންމެ ކުރިޔަށް ދާން ބޭނުންވާ ކަމަށާއި، ކާމިޔާބުވެސް ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން ސްމައިލީ ބުނީ، ބޭނުންވަނީ ކުރިޔަށް ދިޔުމަށް ފުރުސަތު ކަމަށާއި، ގިނަ މުބާރާތްތަކުގައި ވާދަކުރަން ބޭނުންވާ ކަމަށެވެ. އަދި މުބާރާތްތަކުގައި ވާދަކުރުމަށް ސަރުކާރުގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން ސްމައިލީ ވަނީ މިހާރުވެސް ސާފިންގއަށް ސަރުކާރުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ޖަޕާނުގެ މިޔަޒާކީގައި މިހާރު ކުރިއަށްދާ ވޯލްޑް ސާފިން ގޭމްސްގެ ދެވަނަ ބުރުން ޖާގަ ހޯދި ސްމައިލީ ބުނީ، މުބާރާތުން އޭނާއަށް ވަރަށް ގިނަ ކަންތައްތައް ދަސްވި ކަމަށާއި، ދެވަނަ ބުރަށް ދެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އިސްމާއިލް ރަޝީދު (ސްމައިލީ)

ވޯލްޑް ސާފިން ގޭމްސްއަކީ ސްމައިލީ މިހާތަނަށް ވާދަކުރި ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެ. އޭނާ ވަނީ މީގެކުރިން ރާއްޖޭގައި ބޭއްވި ދެ މުބާރާތެއްގައި ވާދަކޮށްފައެއެވެ. އޭގެ ތެރެއިން ފުރަތަމަ މުބާރާތުން އޭނާއަށް ތިންވަނަ ލިބުނުއިރު، ދެވަނަ މުބާރާތް ވަނީ ކާމިޔާބުކޮށްފައެވެ.

މުބާރާތުގައި ގދ. ގައްދޫއަށް އުފަން އުމުރުން 26 އަހަރުގެ ސްމައިލީ ވަނީ ފްރާންސް އާއި އިންޑޮނޭޝިއާ އަދި ސްވިޑެންގެ ރާޅާއެޅުންތެރިންގެ މައްޗަށް ކުރިހޯދާފައެވެ.

ސްމައިލީ ބުނީ، ބައިނަލްއަގުވާމީ ސާފިންގ މުބާރާތްތައް ރާއްޖޭގައިވެސް ބާއްވަން ޖެހޭ ކަމަށާއި، އޭގެ ސަބަބުން ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި ރާޅުގަނޑު ހުޅުވާލުމުން މާލޭގައި ތިބި ރާޅާއެޅުންތެރިންނަށް ފަސޭހަވެގެން ގޮސްފައިވާކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ރިސޯޓެއްގައި ވަޒީފާ އަދަކުރަމުން އަންނަ ސްމައިލީ ވަނީ ރާއްޖޭގައި މުޅިން އަލަށް ރާޅާ އަޅާ ކުޅުންތެރިންގެ ގައުމީ ޓީމެއް ނަގަން ބޭއްވި "ޓްރަޔަލްސް 2019" ގެ ޝަރަފްވެރި އެއް ވަނަ ހޯދައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް
15 ސެޕްޓެންބަރ 2019 | އާދީއްތަ 15:17
ޯިގހގފ
ގދ.ގައްދޫ