އަންގާރަ 26 މެއި 2020
07 ރޯނު
1441 ޝައްވާލް 03
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
އެމްޑީޕީ

ކެނދިކުޅުދޫ ދާއިރާގެ ރައީސްކަމުން މެމްބަރު އީސަ އިސްތިއުފާ ދެއްވައިފި

  • ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އީސަ ހުށައެޅުއްވީ އާދީއްތަ ދުވަހު

ކ. މާލެ | 15 ސެޕްޓެންބަރ 2019 | އާދީއްތަ 11:35 | 34,260

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސާ - އާކައިވް

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސާ އެ ދާއިރާގެ އެމްޑީޕީ ރައީސް ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީޕީއަށް އީސާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކެނދިކުޅުދޫ ދާއިރާގެ ރައީސްގެ މަގާމަކީ ޒިންމާ ބޮޑު އަދި ވަގުތުދޭން ޖެހޭ މަގާމެއްކަން ގަބޫލު ކުރައްވާކަމަށެވެ. އަދި މި ވަގުތަކީ އެދާއިރާގެ މެމްބަރުންނަށް ވީހާވެސް ގާތުން މަސައްކަތް ކުރަން ޖެހޭ ވަގުތެއްކަމަށް ވުމާއެކި ވަގުތު ދެވޭނެ ފަރާތެއް އެމަގާމަށް އައްޔަން ކުރުމަށް އެންމެ މުނާސަބު ވަގުތުކަން ދެކެވަޑައިގަންނަވާތީ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މީގެއިތުރުން އެދާއިރާގެ ރައްޔިތުން އޭނާއަށް ކެނދިކުޅުދޫ ދާއިރާގެ ރައީސްގެ މަގާމު އަދާކުރުމުގެ ފުރުސަތު ދިނުމަކީ އޭނާއަށް ލިބިލެއްވި ފަޚުރަކާއި ޝަރަފެއްކަމުގައި ވިދާޅުވިއެވެ.

ކެނދިކުޅުދޫ ދާއިރާގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އީސަ ހުށައެޅުއްވީ އާދީއްތަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.