ހުކުރު 10 އޭޕުރިލް 2020
03 އައްސިދަ
1441 ޝައުބާން 17
ފަތިސް 04:49
އިރުއަރާ 06:00
މެންދުރު 12:11
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - ތާލިބާން

ތާލިބާނުންނާއި ރަޝިޔާ އާއި ދެމެދު މަޝްވަރާކޮށްފި

  • މަޝްވަރާ ކުރެވެނީ އެމެރިކާ އެކު އަނެއްކާވެސް މަޝްވަރާތައް ފެށުމަށް

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ | 15 ސެޕްޓެންބަރ 2019 | އާދީއްތަ 08:30 | 3,838

ތާލިބާން - އޭއެފްޕީ

ތާލިބާނުންނާއެކު މަޝްވަރާތައް އަލުން ފަށާނެ ގޮތާއި ބެހޭގޮތުން ތާލިބާނުންނާއި ރަޝިޔާއިން މަޝްވަރާކޮށްފި އެވެ.

ތާލިބާނުންނާ މަޝްވަރާ ކުރުމުގެ ކަންތައް ކުރިއަށް ނުގެންދަން ޓްރަމްޕު ނިންމެވީ ތާލިބާނުން އެމެރިކާއަށް ބިރު ދެއްކުމަށްޓަކާ ބޮމުގެ ހަމަލާތަކެއް ދިނުމުގެ ސަބަބުންނެވެ.

ބޮމުގެ ހަމަލާތަކެއް އެމެރިކާއަށް ދީފައިވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ތާލިބާނުން ވަނީ އެމެރިކާއަށް ސިފައިން އަނބުރާ ގެންގޮސްފިނަމަ ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ނަމަވެސް ތާލިބާނުންވަނީ އެމެރިކާއަށް ދިން ބޮމުގެ ހަމަލާތަކަކީ އެމެރިކާއަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއް ނޫން ކަމަށް ބުނެފައެވެ.

އެމެރިކާއާއި ތާލިބާނުންނާއި މެދު އެންމެ ފުރަތަމަ މަޝްވަރާ ކުރުމަށް ހަމަޖެހުނީ ފާއިތުވި 18 އަހަރު ވަންދެން ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައެވެ. ޕާކިސްތާނު ބޯޑަރު ކައިރީގައި އެމެރިކާ ސިފައިން ތިބެގެން ތާލިބާނުންނާ ދެކޮޅަށް ކުރަމުންއއި ދިގު ހަނގުރާމައިގައި އެމެރިކާ ކާމިޔާބީއެއް ލިބިފައި ނުވާއިރު ރަޝިއާއަށް ދިޔަ ތާލިބާނުންގެ ވަފްދުން ވަނީ، އެމެރިކާ ހިމަނައިގެން އަލުން މަޝްވަރާކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.