އާދީއްތަ 23 ފެބުރުއަރީ 2020
ހިޔަވިހާ 10
1441 ޖުމާދުލް އާހިރަތު 29
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34
ދުނިޔެ - އިނގިރޭސިވިލާތް

ޔޫކޭ އިން ގްރޭޖުއޭޓުންނަށް ދޭ ވޯކް ވިސާ ދެ އަހަރަށް އިތުރުކޮށްފި

  • މީގެ ކުރިންވެސް އަމަލުކުރަމުން އައި އިސްލާހެއް

އަލީ ސަމާޚް
AliSamah8

ކ. މާލެ 14 ސެޕްޓެންބަރ 2019 | ހޮނިހިރު 19:53 3,529

ކުރިން މަސައްކަތް ކުރެވެނީ ހަތަރު މަސްދުވަސް ވަންދެން - ގޫގުލް

އިނގިރޭސިވިލާތުން މަތީ ތައުލީމް ހާސިލްކުރުމަށް ފަހު ވަޒީފާ އަދާކުރަން ބޭނުންވާ ދަރިވަރުންނަށް ދެ އަހަރު ދުވަހުގެ ''ވޯކް'' ވިސާ ނުވަތަ މަސައްކަތް ކުރާ ވިސާ ދޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

މިހާރު ހަދާފައިވާ އުސޫލުގެ ދަށުން ބެޗްލާސް އަދި މާސްޓާސް ނިންމާ ދަރިވަރުންނަށް ކިޔަވައި ނިންމުމަށް ފަހު މަސައްކަތް ކުރެވެނީ ހަތަރު މަސްވަންދެންއެވެ.

އަންނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުން ތައުލީމް ހާސިލް ކުރުމަށް ފަހު އެ ވިސާއަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދެ އަހަރު ދުވަސް ވަންދެން މަސައްކަތް ކުރެވޭނެއެވެ. އެއާއި އެކު ކިޔެވުމަށް ފަހު ދާއިމީ ވަޒީފާތައް ހޯދުމަށް ފުރުސަތު ބޮޑުވެގެން ދާނެއެވެ. ސަރުކާރުން އެހެން ނިންމާފައިމިވަނީ ވޯކް ވިސާއަށް ދޭ ހަތަރު މަސް ހަމަހަށް އިތުރުކޮށްދީ ޕީއެޗްޑީނަގާ ދަރިވަރުންނަށް އެއް އަހަރު އިތުރު ކޮށްދިނުމަށް އިމިގްރޭޝަނަށް އިސްލާހު ހުށައަޅާފައިވަނިކޮށެވެ.

މި އައު އިސްލާހަކީ 2012 ވަނަ އަހަރު އޭރުގެ ސަރުކާރުން އަމަލުކުރަން ހުއްޓާލީ ގަވާއިދެކެވެ. އޭރުގެ ހޯމް ސެކެެރެޓަރީ މޭ ވިދާޅުވެފައިވަނީ ދެ އަހަރުގެ ވޯކްވިސާ އަކީ ''މާ ހެޔޮބޮޑުވުން'' ކަމަށެވެ. އޭރު ގެނައި އިސްލާހުގެ ސަބަބުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ތަކުގައި ކިޔަވާ ބައިނަލްއަގްވާމީ ކުދިންގެ އަދަދު ދަށްވެގެން ދިޔައެވެ. ނިމިގެން ދިޔަ ހަފްތާގައި ޔުނީވާސިޓީސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޖޯ ޖޯންސަން ވަނީ ކިޔަވާ ކުދިންނަށް ދޭ ވިސާ ދެ އަހަރަށް އިތުރުކޮށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމަށް ގޮވާލާފައެވެ.

އަލަށް ތާއާރަފް ކުރާ އިސްލާހާ އެކު ވަކި އަދަދެއް ނެތް ގޮތަކަށް، އެ ދަރިވަރަކު ކިޔާވާ މާއްދާއަށް ބެލުމެއް ނެތި ވަޒީފާތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. ސަރުކާރުން މައިގަނޑު ބޭނުމަކީ މެތްސް، އިންޖިނިއަރިން އަދި ޓެކްނޮލޮޖީން މޮޅު މާކްސްތައް ހޯދާ ދަރިވަރުން ވަޒީފާގެ ބާޒާރަށް ނެރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް