ކ. މާލެ
|
14 ސެޕްޓެންބަރ 2019 | ހޮނިހިރު 09:10
މިނިސްޓަރ މާރިޔާ ކުޅުންތެރިންނާއި ސަލާމް ކުރައްވަނީ
މިނިސްޓަރ މާރިޔާ ކުޅުންތެރިންނާއި ސަލާމް ކުރައްވަނީ
އެމްއެންޑީއެފް
ސިފައިންގެ ވޮލީ މުބާރާތް
ސިފައިންގެ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޑީއެސްސީ/އެސްއެފް އަށް
 
މެޗުން ޑީއެސްސީ/އެސްއެފް މޮޅުވީ 3 ސެޓް 1 ސެޓުން

ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށް ގެންދިޔަ "އިންޓަރ ޔުނިޓް 18 ވަނަ ވޮލީބޯޅަ މުބާރާތު" ގެ ޗެމްޕިއަންކަން ޑީއެސްސީ/އެސްއެފް (ކޮމްބައިން) ޓީމުން ހޯދައިފިއެވެ.

ޑީއެސްސީ/އެސްއެފް (ކޮމްބައިން) ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހުކުރު ދުވަހުގެ ރޭ އެކުވެނި އައުޓްޑޯ ވޮލީކޯޓުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ޕްރެސިޑެންޝަލް ގާޑްސް (ޕީޖީ)، 3-1 ސެޓުން ބަލިކޮށެވެ. ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޑީއެސްސީ/އެސްއެފް ޓީމުގެ ޖާޒީ ނަންބަރު 10 ސްޓާފް ސާޖަންޓް އަޙްމަދު ޢަބްދުލްކަރީމެވެ.

ފައިނަލް މެޗު މިނިސްޓަރ އޮފް ޑިފެންސް މާރިޔާ ދީދީ ޝަރަފުވެރިކޮށްދެއްވާފައިވާއިރު މެޗަށްފަހު، މުބާރާތުގެ ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލްތައްވެސް މިނިސްޓަރ ވަނީ ހަވާލުކޮށްދެއްވާފައެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމާއި، މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އޭގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

ދުޅަހެޔޮ، ހަށިހެޔޮ ސިފައިންގެ ބަޔަކު އުފައްދައި، ވާދަވެރި މާހައުލެއްގައި ސިފައިންގެ ވޮލީބޯޅައިގެ ހުނަރު ދައްކާލައި، ސިފަވަންތަ ވޮލީބޯޅަ ކުޅުންތެރިންނާއި ކޯޗުން އަދި މެޗު އޮފިޝަލުން އުފެއްދުމުގެ މަގްސަދުގައި ބޭއްވި އިންޓަރ ޔުނިޓް ވޮލީ ބޯޅަ މުބާރާތަކީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި މަހުގެ 9 ވަނަ ދުވަހު ފެށި މި މުބާރާތުގައި 11 ޓީމަކުން ވާދަކުރިއިރު، ފަސް ޔުނިޓަކުން ވާދަކޮށްފައިވަނީ، ކޮމްބައިން ޓީމުތަކުގެ ގޮތުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް