ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ދުނިޔެ - ސައުދީ

ސައުދީ ރަސްގެފާނުގެ ދަރިކަނބަލުންނަށް ހުކުމް އިއްވައިފި

  • ހުކުމް އިއްވާފައިވަނީ ޣައިރު ހާޒިރު ގަ

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 14 ސެޕްޓެންބަރ 2019 | ހޮނިހިރު 07:27 47,543

ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒުގެ ދަރިކަނބަލުން ހައްސާ ބިންތު ސަލްމާން - ގޫގުލް

ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒުގެ ދަރިކަނބަލުން ހައްސާ ބިންތު ސަލްމާންގެ ޣައިރު ހާޒިރުގައި ފްރާންސްގެ ކޯޓަކުން ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް ހުކުމް އިއްވައިފިއެވެ.

ހައްސާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ސައުދީ އަރަބިއާގެ ޝާހީ އާއިލާގެ އެޕާޓްމަންޓުގެ މަރާމާތެއް ކުރުމަށް އުޅުނު މަސައްކަތު މީހަކަށް ހައްސާގެ ހަށިފާރަވެރިޔާ ލައްވާ އަނިޔާ ކުރިކަމުގެ ކުށް ސާބިތުވުމުންނެވެ.

އެވެނިއު ފޮޝްގައި ހުނަން ލަގްޒަރީ އެޕާޓްމަންޓުގެ ތެރޭގައި ހަށިފާރަވެރިޔާ ލައްވާ، އެ މަސައްކަތު މީހާ ބަނދެ އަނިޔާ ކުރުމާއި ކިޑްނެޕް ކުރުމުގެ ކުށުގައި ހައްސާގެ މައްޗަށް ވަނީ 10 މަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވާފައެވެ. 10 މަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް ހައްސާގެ މައްޗަށް އިއްވާފައިވާއިރު ހައްސާ ވަނީ 11،000 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އަދި ހައްސާގެ ހަށިފާރަވެރިޔާ އަށް 8 މަހުގެ ސަސްޕެންޑެޑް ޖަލު ހުކުމަކާއި 5،500 ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ހައްސާގެ މައްޗަށް ހުކުމް އިއްވާފައިވާއިރު ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ދައްތާފުޅުގެ މައްޗަށް ފްރާންސްގެ ކޯޓުން ވަނީ ހަތިޔާރު ބޭނުންކޮށްގެން އަނިޔާވެރި އަމަލެއް ހިންގަން އުޅުމާއި ކިޑްނެޕް ކުރުމުގެ ކުށުގައި ބައިވެރިވި ކަމަށް ކަނޑައަޅައިފައެވެ.

ހައްސާގެ ގާނޫނީ ވަކީލް ވަނީ އެކަމަނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް