ކ. މާލެ
|
13 ސެޕްޓެންބަރ 2019 | ހުކުރު 19:46
މުގާބޭގެ ސަންދޮއް ގެންދަނީ
މުގާބޭގެ ސަންދޮއް ގެންދަނީ
އަލްއަރަބިއްޔާ
ރޮބާޓް މުގާބޭ
މުގާބޭ ފަސްދާނުވެޑުވުން އާދިއްތަ ދުވަހު
 
އަވަހާރަވީ އުމުރުފުޅުން 95 އަހަރުފުޅުގައި

ރަސްމީ އިއްޒަތުގައި ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ, ވެރިރަށް ހަރާރޭގައި ފާސްދާނުވެޑުވުން އޮންނާނީ އާދިއްތަ ދުވަހު ކަމަށް އާއިލާއިން ބުނެފިއެވެ.

އާއިލާއިން އެގޮތަށް ނިންމާފައިމިވަނީ މީގެ ކުރިން ރަސްމީ އިއްޒަތުގައި މުގާބޭގެ ޖަނާޒާ ބޭއްވުމަށް ސަރުކާރުން އެދުމުން އެކަމާއި ދެކޮޅު ހެދުމަށް ފަހުއެވެ. އާއިލާއިން ކުރިން ބޭނުންވީ މުގާބޭގެ ޒަނާޖާ އޭނާގެ އުފަން އަވަށް ކުޓަމާގައި ބޭއްވުމަށެވެ. މުގާބޭ އަވަހާރަވެފައިވަނީ އުމުރުފުޅުން 95 އަހަރުގައި މި މަހުގެ ހަވަނަ ދުވަހު ސިންގަޕޫރްގައެވެ.

މުގާބޭގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވީ، ރަސްމީ އިއްޒަތުގައި ގައުމީ ބަތަލުންގެ ފެންވަރުގައި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޒިމްބާބުވޭގެ މިހާރުގެ ރައިސް އެމަސަން މަނަންގާގްވާ މުގާބޭގެ ވެރިކަމުން ދުރުކުރި ގޮތާއިމެދު މުގާބޭގެ އާއިލާގެ ގިނަ މީހުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ. މީގެކުރިން މުގާބޭގެ އެންމެ އަރިހުގައި އުޅުއްވި މަނަންގާގްވާ ވަނީ މުގާބޭ އަކީ ގައުމީ ބަތަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
13%
33%
7%
33%
7%
7%
ކޮމެންޓް
13 ސެޕްޓެންބަރ 2019 | ހުކުރު 20:08
ޙަނީފް
ފަސްތާނުވެޑުވުމެއްނޫން. ރަނގަޅުގޮތަކީ ފަސްދާނުވެޑުވުން. މި ބަސް ބޭނުންކުރަނީ ކީރިތި ރަސޫލާ ޞ.ޢ.ވ.އަށް.