ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 20:03
އާސެން ވެންގާ
އާސެން ވެންގާ
ގެޓީ އިމޭޖަސް
އާސެން ވެންގާ
ފީފާގެ މަގާމަކާ ވެންގާ ހަވާލުވަނީ
 
ވެންގާ ވަރަށް އަވަހަށް ފީފާގެ މަގާމާ ހަވާލުވާނެ

ފީފާގެ މަގާމަކާ އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ހަވާލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގޯލްޑޮޓްކޮމްއިން ބުނީ، ފީފާގެ މަގާމެއް ވެންގާއަށް ވަރަށް އަވަހަށް ދިނުމަށް ނިންމާފައިވާ ކަމަށާއި، އޭނާވެސް އެ މަގާމާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް ވެންގާ ހަވާލުވަނީ ކޮން މަގާމަކާ ކަމެއް އަދި ސާފެއް ނުވެއެވެ.

މަޝްހޫރު ކުޅިވަރު މީޑިއާ ބީން ސްޕޯޓްސްގެ ފުޓުބޯޅަ އެނަލިސްޓެއްގެ އިތުރުން ފުޓުބޯޅަ ކޮންސަލްޓަންޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ ވެންގާ ދާދި ފަހުން ބުނީ، އަލުން ބެންޗުގައި ހުރެ ފުޓުބޯޅައިގެ ޕްރެޝަރާއި، އިހުސާސުތައް އަލުން ތަޖުރިބާކުރަން ބޭނުންވާ ކަމަށެވެ.

އެގޮތުން ވެންގާ ބުނީ، ޓީމެއްގެ މަތީ މަގާމު އޭނާ ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ ބެންޗުގައި ތަފާތު ތަޖުރިބާއެއް ކުރުން ކަމަށެވެ. އަދި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ވެންގާ ވަނީ މީގެކުރިން މިއަހަރުގެ ޖެނުއަރީ މަހު ކްލަބަކާ ހަވާލުވާނެކަން އިއުލާންކޮށްފައެވެ. ނަމަވެސް މިހާތަނަށް އޭނާ ރަސްމީކޮށް އެއްވެސް ކްލަބަކާ ހަވާލެއް ނުވެއެވެ.

އާސެނަލްގެ ކޯޗުގެ މަގާމާ ވެންގާ ހަވާލުވީ 1996 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ޕްރިމިއާ ލީގުގައި އޭނާ އެ ޓީމަށް 823 މެޗުގައި އިރުޝާދު ދީފައިވާއިރު މިއީ ރެކޯޑެކެވެ.

ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް އިން 1549 ލަނޑު ޖަހާފައިވާއިރު އޭނާ އެ މަގާމު ދޫކޮށްލީ ސަޕޯޓަރުންގެ ފަރާތުން ވޭތުވެދިޔަ ދެ ސީޒަނުގައި އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ އާސެނަލްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ތިން ޕްރިމިއާ ލީގާއި ހަތް އެފްއޭ ކަޕް ކާމިޔާބު ކޮށްދީފައެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2004 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ތަށި އެއްވެސް މެޗަކުން ބަލިނުވެ އުފުލާލުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް