ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 19:38
ޕައުލޯ ޑިބާލާ
ޕައުލޯ ޑިބާލާ
ގެޓީ އިމޭޖަސް
ޕައުލޯ ޑިބާލާ
ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ޕީއެސްޖީން ޑިބާލާ ހޯދަން މަސައްކަތް ކުރަނީ
 
ޔުވެންޓަސްއާއެކު ޑިބާލާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ވިންގާ ޕައުލޯ ޑިބާލާ ހޯދުމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީއެސްޕީއެންއާ ހަވާލާދީ ޓުޓޯ ސްޕޯޓްސްއިން ބުނީ، ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ޕީއެސްޖީން އެންމެ ބޮޑަށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ޑިބާލާ ކަމަށާއި، އޭނާއަށް ބިޑުކުރަން އެ ކްލަބް ތައްޔާރަށް އޮތް ކަމަށެވެ.

މިދިޔަ ޓްރާންސްފާގައި ޔުވެންޓަސް އިން 25 އަހަރުގެ ޑިބާލާ ވިއްކާލުމަށް ތައްޔާރުވަމުންދާއިރު ޑިބޭލާ ގަތުމަށް ޔޫރަޕްގެ ބޮޑެތި ކްލަބް ތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން މެންޗިސްޓާ ޔުނައިޓެޑް، ޓޮޓެންހަމްގެ އިތުރުން ރެއާލުން ވަނީ ޑިބޭލާ އަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޔުވަންޓަސްއާ 2015 ވަނަ އަހަރު ގުޅުނު ޑިބާލާ ހޯދުމަށް ޕީއެސްޖީގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޔުވެންޓަސް އާއި ބާސެލޯނާ އަދި އިންޓަ މިލާންވެސް ހިމެނެއެވެ.

ޔުވެންޓަސްއާ އެކު ޑިބާލާ ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، ރިޕޯޓްތައް ބުނާގޮތުން އޭނާ ހުރީ އެހެން ކްލަބަކަށް ބަދަލުވާން ތައްޔާރަށެވެ.

ޔުވަންޓަސް އަށް މިހާތަނަށް ކުޅުނު 183 މެޗުގައި 78 ލަނޑު ކާމިޔާބުކޮށްފައިވާ ޑިބާލާ ވަނީ އެ ކްލަބާ އެކު ތިން އިޓާލިއަން ލީގު، ތިން ކޮޕާ އިޓަލިއާ އަދި އެއް އިޓާލިއަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ. އާޖެންޓީނާ ގައުމީ ޓީމަށް 24 މެޗު ކުޅެފައިވާ ޑިބާލާ ވަނީ މިދިޔަ ތިން ސީޒަނުގައި ވެސް އިޓަލީ ލީގުގެ ޓީމް އޮފް ދަ އިޔާގައި ހިމެނިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް