ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 19:52
އައިއޯއައިޖީގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ރަފާ (ކ) އަދި ދީމާ (ވ)
އައިއޯއައިޖީގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ރަފާ (ކ) އަދި ދީމާ (ވ)
އެމްއޯސީ
ކުޅިވަރުގައި ހޯދާ ކާމިޔާބީތައް
ކުޅިވަރުން ހޯދާ ކާމިޔާބީއަށް އިނާމް ފައިސާ ދޭ އުސޫލް ބަހިފައިވަނީ ތިން ބަޔަށް: ޔޫތު މިނިސްޓްރީ
 
މިނިސްޓަރއަށް ބޯނަސްގެ ގޮތުގައި އެތުލީޓުންނަށް ފައިސާ ދެވޭ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނޭ

ބައިނަލްއަގްވާމީ ގޮތުން ކުޅިވަރުން ހޯދާ ކާމިޔާބީއަށް އިނާމް ފައިސާ ދޭ އުސޫލް ބަހާލެވިފައިވަނީ ތިން ކެޓަގަރީއަކަށް ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ ކުޅިވަރުން ހޯދާ ކާމިޔާބީއަށް އިނާމް ފައިސާ ދޭ އުސޫލް ބަހާލެވިފައިވަނީ ތިން ކެޓަގަރީއަކަށް ކަމަށާއި، އެއްވަނަ ކެޓަގަރީގައި ހިމެނެނީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އަދި އޮލިމްޕިކް ކުޅިވަރުތަކުގެ ތެރެއިން އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ އިތުރުން ނަން އޮލިމްޕިކް ކުޅިވަރުތަކުގެ އިންޓަނޭޝަނަލް ފެޑެރޭޝަންތަކުން ހިންގާ މުބާރާތްތައް ކަމަށެވެ.

ނަމަވެސް އިންޓަނޭޝަނަލް ފެޑެރޭޝަނުން ހިންގާ ތަފާތު އެކި އުމުރުފުރާތަކުގެ މުބާރާތްތަކާއި، އިނާމްގެ ގޮތުގައި ޓީމް ބައިވެރިވާ ކުޅިވަރު އިވެންޓްތަކާއި ވަކި ވަކި ފަރުދުން ބައިވެރިވާ ކުޅިވަރުގައި ދެވޭ އަދަދު ތަފާތު ކަމަށާއި، ކޮންމެ މެޑަލްއަކަށް ވެސް ދެވޭ ފައިސާގެ އަދަދު ތަފާތު ކަމަށެވެ.

ދެވަނަ ކެޓަގަރީގައި ހިމެނެނީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ އަދި އޮލިމްޕިކް ކުޅިވަރުތަކުގެ ތެރެއިން ރީޖަނަލް ފެޑެރޭޝަންތަކާއި ނަން އޮލިމްޕިކް ކުޅިވަރުތަކުގެ ރީޖަނަލް ފެޑެރޭޝަންތަކުން ހިންގާ މުބާރާތްތައް ކަމަށާއި، އިނާމްގެ ގޮތުގައި ޓީމް ބައިވެރިވާ ކުޅިވަރު އިވެންޓްތަކާއި ވަކި ވަކި ފަރުދުން ބައިވެރިވާ ކުޅިވަރުގައި ދެވޭ އަދަދު ތަފާތު ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ މެޑަލްއަކަށް ވެސް ދެވޭ ފައިސާގެ އަދަދު ތަފާތު ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

ތިންވަނަ ކެޓަގަރީގައި ހިމެނެނީ އައިއޯސީ އަދި އޯސީއޭ އިން ހިންގާ ޔޫތު ގޭމްސް، ބީޗް ގޭމްސް، އިންޑޯރ ގޭމްސް، އޮލިމްޕިކް ކުޅިވަރުތަކުގެ ސަބް ރީޖަނަލް ފެޑެރޭޝަންތަކުން/ކޮންފެޑެރޭޝަންތަކުން ހިންގާ މުބާރާތް (ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން)، އޮލިމްޕިކް ނޫން ކުޅިވަރުތަކުގެ ސަބް ރީޖަނަލް ފެޑެރޭޝަންތަކުން/ކޮންފެޑެރޭޝަންތަކުން ހިންގާ މުބާރާތް، ސަބް ރީޖަނަލް ގޭމްސް (އިސްލާމިކް ސޮލިޑާރިޓީ ގޭމްސް)، އައިއޯއައިޖީ، ސާފް ގޭމްސް، ތަފާތު ފެޑެރޭޝަންތަކުން ހިންގާ އުމުރުފުރާތަކުގެ މުބާރާތް އަދި ރީޖަނަލް އަދި ސަބް ރީޖަނަލް ފެޑެރޭޝަނުން ހިންގާ އުމުރުފުރާތަކުގެ މުބާރާތްތައް ކަމަށާއި، އިނާމްގެ ގޮތުގައި ޓީމް ބައިވެރިވާ ކުޅިވަރު އިވެންޓްތަކާއި ވަކި ވަކި ފަރުދުން ބައިވެރިވާ ކުޅިވަރުގައި ދެވޭ އަދަދު ތަފާތު ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ. އަދި ކޮންމެ މެޑަލްއަކަށް ވެސް ދެވޭ ފައިސާގެ އަދަދު ތަފާތު ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ޔޫތު މިނިސްޓްރީން ބުނީ، ހަމައެހެންމެ ހުރިހާ ކެޓަގަރީތަކުގައި ވެސް ޓީމް އިވެންޓްތަކުގައި ޓީމްގައި ރަސްމީކޮށް ރަޖިސްޓްރީވެގެން ހިމެނޭ ހުރިހާ އޮފިޝަލުންނަށް ކުޅުންތެރިންނާއި އެއްވަރަށް އިނާމް ފައިސާ ލިބޭނެ ކަމަށެވެ.

މިނިސްޓަރއަށް ބޯނަސްގެ ގޮތުގައި އެތުލީޓުންނަށް ފައިސާ ދެވޭ ކަމަށާއި، ކުޅުންތެރިންނަށް ހިތްވަރުދީ ބައިނަލްއަގްވާމީ މުބާރާތްތަކުން މެޑަލް ހޯދުމަށް ބާރުއެޅުމުގެ ގޮތުން މި އުސޫލު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ. އަދި މި އުސޫލު އެކުލަވާލާފައިވަނީ ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުން ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް