ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 18:45
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު
މުހައްމަދު ޝަރުހާން
އެފްއޭއެމް
މާޒިޔާ އާއި ޓީސީގެ ތައުރީފް އެފްއޭއެމްއަށް!
 
އެފްއޭއެމްއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޓީސީ އަދި މާޒިޔާއިން ވަނީ ބުނެފައި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޓީސީ ސްޕޯޓްސް ކްލަބް އޮތީ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ކަން ހާމަކޮށް، އެ އިދާރާއަށް ތައުރީފް ކޮށްފިއެވެ.

މާޒިޔާއިން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އަދި ތަރައްގީ ކުރުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުރައްވާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.

އެގޮތުން މާޒިޔާއިން ބުނީ، ބައްސާމްގެ ދައުރުގައި މިހާތަނަށް އެންމެ އިސްކަމެއް ދީގެން މަސައްކަތް ކޮށްފައިވަނީ ޒުވާން ކުޅުންތެރިން އުފެއްދުމާއި، ކޯޗުން ތަމްރީން ކުރުމުގެ އިތުރުން ކްލަބް އެޑްމިނިސްޓްރޭޝަންގެ ކަންކަން ހަރުދަނާ ކުރުމަށް ކަމަށާއި، އެފްއޭއެމްއަށް މާޒިޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މީގެއިތުރުން މިހާރު އޮތް އެފްއޭއެމްގެ މެނޭޖްމަންޓުން ފުޓުބޯޅައަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ ކަމަށްވެސް މާޒިޔާއިން ވަނީ ބުނެފައެވެ.

ޓީސީން ކުރި ޓުވީޓެއްގައި ބުނީ، މިހާތަނަށް އެ ކްލަބަށް ކިރިޔާވެސް އެހީއެއް ވެފައި އޮތީ އެފްއޭއެމުން ކަމަށާއި، ސަރުކާރާއި އެހެން އެއްވެސް ބައެއްގެ އެހީތެރިކަމެއް ނުލިބި ކްލަބް ހިންގުމަކީ ކިހާވަރެއްގެ ކަމެއްކަން ކްލަބްތައް ހިންގާ މީހުންނަށް އެނގޭނެ ކަމަށެވެ. އަދި ޓީސީ އޮތީ އެފްއޭއެމްއާއެކު ކަމަށްވެސް އެ ކްލަބުން ބުނެއެވެ.

މާޒިޔާ އަދި ޓީސީން މިގޮތަށް ބުނެފައިވަނީ އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް ދުރުކުރުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެފްއޭއެމްއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ ދިވެހި ގައުމީ ޓީމު ފަހަކަށް އައިސް ހޯދަމުން އަންނަ ނަތީޖާގެ ސަބަބުން ކަމަށް ބެލެވެއެވެ. އަދި އެފްއޭއެމް ތެރޭގައި ކަރަޕްޝަންގެ ކަންކަން ހިނގާ ކަމަށްވެސް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
50%
0%
0%
ކޮމެންޓް