ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 19:48
މިއަދު ސާރވޭގައި ބޭނުންކުރި ޓެކްސީ
މިއަދު ސާރވޭގައި ބޭނުންކުރި ޓެކްސީ
ދާނިޝް ނިޡާމް
ޓެކްސީ އަގުތައް
ޓެކްސީ ޑްރައިވަރާއިއެކު 8 ގަޑި އިރު: އަގު ކުޑަ ނުކުރާނަން، ފަސޭހަ ހިދުމަތުގެ އަގު ބޮޑުވާނެ
 
ހަމަ އަގު ނޫންކަމަށް ގިނަ ޓެކްސީ ޑްރައިވަރުން ބުނޭ
 
ޓެކްސީ ކުރުމުގެ އަގުތައް ޓްރާންސްޕޯޓުން ކަނޑައެޅީ ދިރާސާއެއް ހެދުމަށް ފަހު

ޓެކްސީ ޑްރައިވަރުން ރައްޔިތުން ފެލާ ވާހަކައަކީ މިހާރު މީސް މީޑިއާގައި އެންމެ ބޮޑަށް ދެކެވެމުން ދާ އެއްވާހަކައެވެ. ސަރުކާރުން ކަނޑައަޅައިފައިވާ އަގުތަކަށް ދަތުރު ނުކުރާކަމަށް ބުނެ ދަތުރު ކުރާ ޓެކްސީގެ ފޮޓޯ އާއި ދުއްވަން އިންނަ ޑްރައިވަރުގެ ފޮޓޯ އާންމުކޮށް ފިޔަވަޅު އަޅައި ދިނުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާ ފަލީހަތް ކުރުމަކީ ރާއްޖޭގައި މިހާރު އާންމުކަމެކެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން މޯލްޑިވިސް ޑްރައިވިން އެސޯސިއޭޝަނުން އިންތިޒާމްކުރި " ޓެކްސީ ޑްރައިވަރާއެކު 8 ގަޑިއިރު " އިވެންޓުން މިއަދު ސާބިތު ވެގެން ދިޔައީ ރައްޔިތުމީހާ އެ ދައްކާ ވާހަކަ ތަކުގެ ހަގީގަތެވެ.

ރާއްޖޭގެ އެކި މީޑިއާތަކުގެ ނޫސްވެރިން ޓެކްސީ ޑްރައިވަރުންނާއި އެކު 8 ގަޑި އިރު ހޭދަކުރިއިރު ހާމަވެގެންދިޔައީ ކޮންމެ ކަމެއް ކުރާއިރުވެސް އިހްލާސްތެރި މީހުންނާއި އިހްލާސްތެރި ނޫން މީހުން އުޅޭކަމެވެ.

ރާއްޖޭގެ ހާލަތަކީ ކަމެއް ފެނުމާއެކު ކަމުގެ ދެކޮޅު ނުބަލައި ޖަޒުބާތުގައި ޖެހި އެމީހާއަށް ގޮވުނު ހާއެއްޗެއް ގޮވުމުވެ .ޖަންގަލީ ތެރޭ ވަލު ޖަނަވާރުން އުޅޭ ބީދައިން ، ހަލާ ދަނޑީގެ ދެކޮޅު ނުބަލައި ރައްޔިތުމީހާވެސް އެ މައްސަލައެއް ހޫނުކުރާ މިންވަރަކަށް ހޫނުކުރަނީއެވެ. ކުރަނީ ހުސް ތުހުމަތު ތަކެވެ. ހައްލުހޯދަން ހަމައެކަނި ކުރެވެން އޮތް ކަމަކީ ބޮއްކުރާ ދަށަށް އޮޑި ދެމުމެވެ.

އަޅުގަނޑާއި މިއަދު ދިމާވީ 2005 ވަނަ އަހަރު ޓެކްސީ ދުއްވަން މި ދާއިރާއަށް ނިކުތް މީހަކާއެވެ. މީޑިއާއަކުން ކަމަށް ބުނެ ސުވާލުތައް ، ރައްޔިތުން ކޮށްފައިވާ ޝާކުވާތަކާއި ގުޅިގެން އަޅުގަނޑު ސުވާލުކުރީމެވެ. އުންމީދުކުރި ގޮތާއި ހިލާފަށް ކުރަމުން އައި ކޮންމެ ސުވާލަކަށް ޓެކްސީ ޑްރައިވަރު ޖަވާބު ދެމުން ދިޔައެވެ.

7 ޖެހުމާއެކު ޓެކްސީގެ ފުރަތަމަ ދަތުރުގައި ހިއްސާކޮށްލި ވާހަކަ ރައްޔިތުންނަށް އަޑުއަހަން ފަސޭހަ ނުވާނެކަން ޔަގީނެވެ. ދަތުރުތަކުގެ އަގު ކުޑަ ވާހަކައާއި އަރުވާ ކޮންމެ ފޮއްޓަކަށް އިތުރަށް ލާރި ނުނެގޭ ވާހަކައެވެ. ދެން ބުނެފައިވަނީ ސަރުކާރުން މައްސަލަތައް ހައްލުކުރަން ނުކުޅެދުފައި އޮތް ވާހަކައެކެވެ. ވަކި ސަރުކާރަކަށް ނިސްބަތް ނުކޮށް މި ކޮންކްރީޓް ޖަންގަލީގައި ޕާކް ކުރާނެ ތަން ނެތުމުގެ ވާހަކައެވެ.

އަޒުމް ބުނެފައިވަނީ ގަވާއިދާއި ހިލާފަށް ޕާކް ކުރާނަމަ ސްޓިކަރ ޖެހުމަކީ މައްސަލައެއް ނޫންކަމަށާއި މާލޭގައި ގަވާއިދާއި އެއްގޮތަށް ޕާކް ކުރެވެން އޮތީ ކޮންތަނެއްގައި ތޯ ވިދާޅުވެ އަޅުގަނޑާއި އޭނާ ވަނީ ސުވާލު އުފައްދާފައެވެ. މަގެއްގައި ކުޑަ އިރުކޮޅަކަށް މަޑުކޮށްލާއިރަށް ކަންފަތަށް އިވެނީ ކެތް މަދުވެގެން އެ ސަރަހައްދުގައި އުޅޭ އެންމެން ބަރުގޮނު އަޅާ އަޑެވެ. ފުރަތަމަ ދަތުރުގައި ލާރި މާރު ނުވެގެން ފެނިގެންދިޔައީ މަގުގެ އެއްކައިރީގައި ކާރު ބޭއްވުމަށް ފަހު ޓެކްސީ ޑްރައިވަރު އެ ލާރި މާރުކުރަން މާރުކޭޓް ސަރަހައްދުގައި ދުވި މަންޒަރެވެ.

ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތަކަކީ ކޮބާ ؟

އަޅުގަނޑުމެންނަށް މި އަގު ނަގަން ވަރަށް ދަތި ، އެންމެ ކުރިން މާލެ ތެރޭގައި ނެގީ 25 ރުފިޔާ . އޭގެ ތެރެއަށް އެޑް ކޮށްފައިވަނީ އެއް ލަގެޖް ލާނަމަ 5 ރުފިޔާ އިތުރަށް . އޭގެ އިތުރަށް ލާނަމަ 35 . ވަރަށް ބޮޑު ދަތިކަމެއް މި އަގުތައް ނެގުމަކީ . ބައިވަރު ލަގެޖް ލާއިރު ހަމައެކަނި 5 ރުފިޔަ ނެގުމަކީ ވަރަށް ދަތިކަމެއް . ކުއްލިއަކަށް ޓްރާންސްޕޯޓުން ހަމަޖެއްސި 100 ރުފިޔާއަށް އެއާރޕޯޓުން ކުރަމުން އައި ދަތުރު 60 ރުފިޔާއަށް ކުޑަ ކުރުމަށް ، އެ މައްސަލައެއް ނެތް ކިތަންމެ ބައިވަރު ލަގެޖް އަރުވައިގެން ދާންޖެހުނަސް . މީހުން ބުނޭ ކުރު ދަތުރެކޭ އެކަމަކު އެއާރޕޯޓުން އަންނަނީ ހުސްކޮށް .
އަޒުމް

މާލޭގެ ބާރުބޮޑު މަގުތަކުން 24 ގަޑި އިރު ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ޑްރައިވަރުން ތިބޭއިރު ، އަބަދުވެސް މިހާރު އަޑުއިވިގެންދާ އެއްސުވާލަކީ ޑްރައިވަރުންނަށް ލިބޭ އާމްދަނީ ބޮޑު ވާހަކައެވެ. މިއަދު ހޭދަކުރި 8 ގަޑި އިރު ތެރޭގައިު ހުޅުމާލެއަށް 2 ދަތުރު ލިބިފައިވާއިރު ހުޅުލެއަށް ދާން ލިބުނީ އެންމެ ދަތުރުކެވެ. ޖުމްލަ 16 ދަތުރާއެކު އަޒުމް އަށް މިއަދު ލިބިފައިވަނީ އެންމެ 595 ރުފިޔާއެެވެ.

އޭނާ ބުނާ ގޮތުން ދަތުރެއް ނުކުރިޔަސް ކާރުގެ ވެރިފަރާތަށް 300 ރުފިޔާ ދޭންޖެހެއެވެ. އަދި ޕެޓްރޯލް ހަރަދަށް 250 ރުފިޔާ ދުވާލެއްގެ މައްޗަށް ހަރަދުވެއެވެ. މިއަދު ފައިދާއަށް ޓެކްސީ ޑްރައިވަރަށް ލިބުނީ އެންމެ 45 ރުފިޔާއެވެ. ކޮންމެ ދުވަހަކީ ގިނަ ދަތުރުތައް ލިބޭނެ ދުވަހެއް ނޫންކަން ފާހަގަކޮށް އަޒުމް ބުނީ ރަނގަޅަށް ދަތުރުތަށް ލިބޭނަމަ މަހެއްގެ މައްޗަށް 25000 ރުފިޔާ އޭނާއަށް ލިބޭކަމަށެވެ. މިއީ އާންމުން ކުރާ ބޮޑު ސުވާލުގެ ޖަވާބެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ކުޑަކުރާނަންތޯ ؟

ހުރިހާ އެންމެނަކީވެސް ކުލި ދައްކައިގެން އުޅޭ މީހުން ، ޓެކްސީ ޑްރައިވަރުންނަކީވެސް އާންމު ރައްޔިތުން . އަޅުގަނޑުމެންވެސް ކާން ބޯން މަސަތްކަތް ކުރަނީ . އެންމެވެސް ކާންބޯން ކުރާ މަސަތްކަތުން އާމްދަނީއެއް ލިބެނީ . ކޮންމެހެން މަޖުބޫރެއް ނޫން ކާރުގައި ތަންތަނަށް ދިޔުމަށް . އެމީހުންނަށް އެ ދާން ބޭނުންވާ ތަނަކަށް ހިނގާފަވެސް ދެވޭނެއެވެ. ކޮންމެހެން މަޖުބޫރީ ހާލަތެއްގައި ނޫނީ އަޅުގަނޑު ބުނާނީ ކާރަށް ނާރާށޭ. ކޮންމެހެން މަޖުބޫރެއް ނޫން އެއާރޕޯޓަށް ދާ ކޮންމެ ފަހަރެއްގައި ކާރަށް އަރާކަށެއް. އެބަހުރި ބައިވަރު ގޮތްތައް. ބަހުގައިވެސް ދެވޭނެ . ފެރީގައިވެސް ދެވޭނެ .އަވަސް ހިދުމަތް ފަސޭހަ ހިދުމަތް އަގުވެސް ބޮޑުވާނެ ..
އަޒުމް

އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު، ކާރު ދަތުރުތަކުގެ އަގު ބޮޑުކަން ފާހަގަކުރާއިރު ޑްރައިވަރުން ބުނަމުން ގެންދަނީ ފަސޭހަ ހިދުމަތުގެ އަގު ބޮޑުވާނެކަމަށާއި އަގުހެޔޮ ހިދުމަތް ބޭނުންކަމުގައި ވާނަމަ ފެރީ ނުވަތަ ބަސް ދަތުރު އިހްތިޔާރުކުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

މިއަދު ކުރެވުނު 16 ދަތުރުގައިވެސް ޓެކްސީ ޑްރައިވަރު ސަރުކާރުން ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ނުނަގައެވެ. އެއީ ކެމެރާއާއިއެކު އަޅުގަނޑު ކާރުގައި އިނުމުން ކަމަށްވެސް ވެދާނެއެވެ. އެކަމަކު ކާރަށް އެރި ހުރިހާ ފަރާތްތަަކުގެ ހިޔާލުތަކާއި ސުވާލުތަކަށްވެސް މި ޓެކްސީ ޑްރައިވަރު ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ.

މިނިސްޓަރ ނަހުލާއަށް ދަންނަވާލަން އޮތީ ..

ޓެކްސީ ޑްރައިވަރުންނަކީ ވަރަށް ބުރަކޮށް ކާން ބޯން މަސަތްކަތް ކުރާ ބައެއް . އަޅުގަނޑުމެން މަސަތްކަތްކުރަނީ އެންމެ 8 ގަޑިއިރަކު ނޫން . 19 ގަޑި އިރު މަސަތްކަތް އެބަ ކުރަން . އެއިރަށް މަސަތްކަތްކޮށްގެން ލިބެނީ އެންމެ 1300 ރުފިޔާ . ލިބޭ ލާރިން ކޮންމެ ދުވަހަކު ސައިބޯން ވެސް ޖެހޭ. ސަރުކާރުން ކަނޑައަޅައިފައިވާ އަގުތައް ބަދަު ގެނައުމަކީ އަޅުގަނޑުމެން މި ދާއިރާގައި އުޅޭ ގިނަ މީހުންގެ އެދުމެއް .އަދި މިނިސްޓްރީން ރެޖިސްޓްރީ ކުރުމަށް އަލަށް އެކުލަވާލައިފާ ގަވާއިދުތައް އިންސާފުވެރިކޮށްދީ، ޑްރައިވަރުންނަށް ބޭނުން ސެންޓަރެއްގައި އުޅުމުގެ ފުރުސަތު ދެއްވާށޭ . މި ޒަމާނަކީ އެއްވެސް ކަމެއް މަޖުބޫރުކޮށްގެން އުޅެވޭނެ ޒަމާނެއް ނޫން .
އަޒުމް

އަޒުމް މިހެން ބުނި ކަމުގައި ވިޔަސް އާންމުންގެ ޚިޔާލު މިކަމާއި މުޅިން ތަފާތެވެ. މާލޭގައި އުޅޭ ގިނަ މީހުންނަކީ ކުލި ދައްކައިގެން އުޅޭ މީހުން ކަމަށާއި ހަމައެކަނި ޓެކްސީ ޑްރައިވަރުން އެކަނި ނޫން ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ޕެޓްރޯލް އަށާއި އިތުރު ޚަރަދުތަކަށް އެ ދުވަހެއްގައި ލިބޭ ފައިސާއިން ފުދޭ މިންވަރެއް ޓެކްސީ ޑްރައިވަރުންނަށް ލިބޭނެ ކަން ގަބޫލު ކުރާ މީހުން ވެސް މަދެއް ނޫނެވެ. އަގުތައް ބޮޑު ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކާރުގެ ޑިކީއަށް އެއްޗެއް ލައިފިނަމަ އިތުރައް ދައްކަން ޖެހޭ ފައިސާ މާ ބޮޑު ކަމުގައި ދަނީ ބުނަމުންނެވެ. ރައްޔިތުން ބުނަމުން ގެންދަނީ ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތައް ކަނޑައެޅީ އެންމެ ރަނގަޅަށް ކަމަށެވެ. ގިނަ ބަޔަކު މިނިސްޓްރީއަށް ތައުރީފު ކުރަމުން ގެންދިޔައިރު އެ މީހުން ބުނަމުން ގެންދިޔައީ މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކާއި އުސޫލުތަކަށް ޓެކްސީ ޑްރައިވަރުން އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
8%
29%
10%
21%
27%
4%
ކޮމެންޓް
14 ސެޕްޓެންބަރ 2019 | ހޮނިހިރު 10:11
ލަދު ނެއް ރައްޔިތުން
ކަލޭމެން ވާހަކަ ދައްކަން ލަދެއް ނުގަނޭތަ? ކަލޭމެން ހިތަން އެރި އަގެއް ގަ މިތާ އެއްޗިސް ވިއްކާއިރު ޑްރައިވަރުން ވެސް ނުކިޔާ އެއްޗެކޭ.. ޢިއްޔެ ފިހާރަޔައް ކޮޕީ ފަތެއް ގަންނަން ދިޔައިމަ ދިނީ އެމްމެ ފަތެއް 15 ރުފިޔާ އައް.. ޢެބަޔަކު ހިތަން އެރި އަގެއްގަ ދަނީ ހުރިހާ ކަމެއް ވެސް ކުރަމުން. ޢަހަރުމެން ވެސް ޝަކުވާ ބައިވަރު ނުކުރަން. ކާން ބޭނުން ވީމަ ގަތީ. ކަލޭ މެން ގެ ތިހާ ވަރެއް ނެތިއްޔާ ހިގާފަ އުޅެބަލަ. ޢެމީހަކައް އިގެނީ އެމީހަކު މަސައްކައި ކުރާނެ ވަރު.ކަލޭމެން ނަކަށް ނޫން! ކަލޭ މެން ބޭނުން ނުވަންޔާ ހިގާފަ ދާނީ. ލަދެއްވެސް ނުގަނެޔޭ އެއްޗިސް ކިޔާފަ ޓެކްސީ ޔައް އަރަން.. ލަދުން ބޯ ހަލާކު
13 ސެޕްޓެންބަރ 2019 | ހުކުރު 20:00
ނުރަބޯ
މޮޅުވާހަކަ ޓެކްސީ ޑްރައިވަރުން ނުދައްކާ. މާލެވަށާ ނޫސްވެރިން ހިނގާލަބަލަ ޕާރކްކޮށްފަ ނުދުއްވާ އޮންނަނީ ކިތައް ޓެކްސީތޯ ބަލާލަން. ޓެކްސީ ޑްރައިވަރުން އެމީހުން ހިތަށް އެރިގަޑިއަކު ސާވިސް ދީފަ އަދި އެމީހުން ބުނާވަރަކަށް ލާރިވެސް ދޭންވީ.
13 ސެޕްޓެންބަރ 2019 | ހުކުރު 14:51
ޕާޕަރާ
ޓެކްސީ ޑްރައިވަރުންނާ އެވަރަށް ޖައްސާލާފަ ނޫޅެބަލަ ، މިއީ ހަމައެކަނި %100 ދިވެހިން މަސައްކަތް ކުރާ ދާއިރާ ، ނަހުލާ އަކަށް ވެސް ހިތަށް އެރި އަގެއް ނެހެދޭނެ ޓެކްސީ ދަތުރު ތަކަށް ، ޑްރައިވަރުން ހިތްހަމަ ޖެހޭވަރު އަގެއް ދީފަ މަ ދަތުރު ކުރާނީ ..ފ.. އަައި ސްޓޭންޑް ވިތް ޓެކްސީ ޑްރައިވާސް..
13 ސެޕްޓެންބަރ 2019 | ހުކުރު 08:58
ދޮގު
-/250ރ ގެ ތެޔޮ ދުވާލަކު އަޅާ ކަމަށް ބުނުމަކީ ބޮޑުދޮގެއް، ފުލްޓޭންކުން 3 - 4 ދުވަސް ވާނެ.. 300ރ ވެރިމީހާއަށް ދޭންޖެހެނި ވަރަށް އާ ކާރު ތަކުގައި، އޭގައި ތެލުގެ ހަރަދު ކުޑަވާނެ، 20 - 32 ކިލޯމީޓާއަށް 1 ލީޓާރ މި އަދަނި. ބުރަ މަސައްކަތެއް، އަގު ބޮޑެއް ނޫން.. ވަރަށް ވިޔާނުދާ ޓެކްސީ ޑުރައިވަރުން އުޅޭ..
13 ސެޕްޓެންބަރ 2019 | ހުކުރު 08:11
ދިޔޯ
ޓެކްސީ ޑްރއިވަރުންނަށް ތިވީ ހަމަވާންވީގޮތެވެ. ކުރީ ސަރުކާރު ބަދަލުކުރުމުގައި އެންމެ އިސްކޮށް އުޅުނީ ޓެކްސީ ޑްރައިވަރުންނެވެ. އަންވީމާ ޓެކްސީޑްރައިވަރުން އޭގެ އަގު އަދާކުރަން ކެހޭނެއެވެ.
13 ސެޕްޓެންބަރ 2019 | ހުކުރު 07:04
ޔަހުޔާ
ޑުރައިވަރުން ލާރިނުލިބޭނަމަ ތިރިސްހާސްރުފިޔާގެ އެޕާޓުމެންޓު ހުފައިގެން ކިހިނެއް އުޅޭނީ ހަވީރުވީމަ ކާުރުބާއްވާފަ އަންހެނުން ގޮވައިގެނއ ފިނިބުރުޖަހަން މާލެއަށް
13 ސެޕްޓެންބަރ 2019 | ހުކުރު 05:52
ޖީއެސްއެމް
ތިބޭފުޅާއަށް ކިހާ ފައިސާއެއް ދެއްވިތޯ؟ ހުސް ދޮގު. ކިހިނެއް ހަދައިގެންތޯ ދުވާލަކު 250ރ ގެ ޕެޓްރޯލް ހުސް ކުރަނީ؟ ޕެޓްރޯލް ތަށް ހަވީރު ސަޔައް ބޮއިހުސްކުރަނީތ؟ ޓިބުނާއަދަދަކީ ފަހަރެއްގަ އެދުވަހު ލިބުނު އަދަދަށް ވެދާނެ. އެވަރެޖް އަދަދެއް ބަލާލުން ބުއްދިވެރި. ވަކި އަތަކަށް ޖެހުނަސް ތިއީ ބޮޑުވަރު.
13 ސެޕްޓެންބަރ 2019 | ހުކުރު 02:32
ދަތުރު ވެރިޔާ
އިއްޔެ ހިނގި ކަމެއްގެ ވާހަކަ ދަންނަވާނަން. ރާއްޖެއިން ބޭރުގައި ހުރެފަ އައިސް އެއާޕޯރޓުން އަންނަން 45 ވަރަކަށް މިނިޓް ޓެކްސީ ކިއުގައި ހުރެފައި އަޅުގަނޑާ ޖެހުމުން އަރަން ދިޔައިރު ކުރިން ހުރިމީހާގެ ލަގެޖް ނޭރުވޭނެ ކަމަށްބުނެ 2 ވަނަ ޓެކްސީވެސް ދުއްވާލަނީ. 3 ވަނަ ޓެކްސީ އައިސް އެރުވީ. ޢަޅުގަނދު ގެނައީ ފޮއްޓަކާ އެއް ދަބަހާ ކުޑަ ފޮށިގަނޑަކާ އަދި ކެބިން ފޮއްޓަކާ ބެކް ޕެކަކާ އަދި މިކްސަރު ފޮށިގަނޑެއް. ޢަޅުގަނޑާއެކު ދަތުރު ކުރަން ހުރީ އަންހެނުން. ފުރަތަމަ 2 ތެކްސީއިންވެސް ދިނީ އެއްޖަވާބެއް. ތި ލަގެޖް ނޭރުވޭނެ. 3 ވަނަ މީހާ އައިސް ހެދިގަތް ގޮތެއް ލަދުން ބޯހަލާކުވި. ޟަބުނިން ތިޔަށްވުރެ މާ ކުޑަ ކާރެއްގައި 3 ގަޑިއިރު ދުއްވާފަ އެއާޕޯރޓަށް ގެނެސްގެންނޭ މިޢައީ. ޢެތާ 15 މިނިޓް ހޭދަވިއިރުވެސް އައި އެއްވެސް ޓެކްސީއަކަށް އެރުވޭ ކަމަކަށް ނުވި ކިއުއެއް އޮތަސް ކާރު ދްރައިވަރު ބަލާފަ ލަގެޖް މަދު މީހާ އަރުވައިގެން ދަނީ. ޢެންމެފަހުން އަޅުގަނޑު އަނބުރާލާފަ ދިޔައީ ފެރީގަ. ޟާލެއިން ޕިކަޕަކަށް 50 ރުފިޔާ ދީފަ ގެއަށް. ޢެހެންވީމަ މި ލިޔުމުގަ ލިޔެފަ ހުރި ވާހަކަ އެއީ ހަޤީގަތެްއް ނޫން. މިއީ 11 ސެޕްޓެމްބަރުގައި ދިމާވި ކަމެއްގެ ވާހަކަ.
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 23:08
އަލީ
މުހިއްމު އިވެންޓެއް. ޓެކްސީ ގަނެ، ބޯޑު ގަނެ، ގަރާޖު ގަނެ، އަަހަރީ ފީދައްކާ، ކާރު ވެރިފަރާތައް 250 ދީފައި، ކާރު ހަލާކުވާ ފަހަރެއްގައި ހާހުން ހަރަދުކޮށްފައި، ޓްރެފިކް ބޮޑު މާލޭގައި ދުއްވާ އިރު މަހަކު 25000 ނުލިބެންޏާ ކިހިނެތް ލޯނު ދައްކާނީ އަދި އެވަރު އަގުބޮޑު މުދާ ބަލަހަށްޓާނީ. އާދައިގެ ޑަކްޓަރުން 3 ކުލިނިކުން ބަލިމީހާ އަތުން އަދި އާސަންދައިން އަދި ހަދާ ޓެސްޓުތަކުން ކަޓު ނަގާފައި 60،000 ހުން 280،000 ރުފިޔާ ގެންދާއިރު ކޮބާ އިންސާފު. ޑަކްޓަރުން ވިޔަފާރި ކޮށްފައި ޑްރައިވަރުން ޕަބްލިކް ހިދުުމަތް ދިނީމާ މިކިޔެނީ ކީކޭތޯ!
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 22:54
ޢަނީ
މިއަދު ހަތަރުދަމުން ލިބޭނީ 25 ރުފިޔާ.. ލިބުންވަރު މަތިކޮށްފަ ތީނީީ..
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 22:15
ޢަލީ
ޟިސަރުކާރަކީ ޓެކްސީ ޑްރައިވަރުން ހަވަރަށް ދިން ސަރުކާރު