ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 13:38
މިދިޔަ އަހަރުގެ އެމެއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ތެރެއިން
މިދިޔަ އަހަރުގެ އެމެއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާގެ މެޗުތައް މިރޭ ފަށަނީ!
 
މިއީ މި މުބާރާތް ބޭއްވޭ ހަތްވަނަ ފަހަރު

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ އެމްޑަބްލިއުއެސްސީ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ މެޗުތައް މިރޭ ފަށާނެއެވެ.

މިއީ މި މުބާރާތް މެދުކެނޑުމެއްނެތި ބާއްވާ ހަތްވަނަ ފަހަރެވެ. މި މުބާރާތް ކުޅެވޭނީ ދެ ޑިވިސަނަކަށް ބަހައިލައިގެން ކަމަށް އެމްއެންޔޫއެސްޔޫ އިން ބުނެއެވެ. އެއީ އަންހެން ޑިވިސަނާއި ފިރިހެން ޑިވިސަނެވެ. އަދި މި މުބާރާތުގައި 500 އަށް ވުރެ ގިނަ ކުޅުންތެރިން ކުޅޭނެ ކަމަށް އެމްއެންޔޫއެސްޔޫ އިން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ ތަކުގެ އިތުރުން ދިވެހިރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖް ތަކުންނެވެ. އެގޮތުން މި މުބާރާތުގައި މި އަހަރު ޖުމްލަ 27 ޓީމަކުން (އަންހެން އަދި ފިރިހެން ހިމެނޭގޮތައް) ބައިވެރިވެފައިވެއެވެ.

އެމްއެންޔޫއެސްޔޫގެ ރައީސް މުހައްމަދު ޝާން އާމިރު ބުނީ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ އަކީ ހަޔަރ އެޑިއުކޭޝަން ސެކްޓާއަށް ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށާއި މި މުބާރާތުގެ އަންހެން ޑިވިސަން ކުޅޭ މިއީ ދެވަނަ ފަހަރު ކަމަށެވެ.

މި މުބާރާތް ކުރިޔަށް ދާނީ 12 ސެޕްޓެމްބަރުން ފެށިގެން 27 ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި މުބާރާތުގެ މެޗުތައް ކުޅެނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑުއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ މެޕްސް ކޮލެޖެވެ. އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ކްލިކް ކޮލެޖެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި