ބުދަ 18 ސެޕްޓެންބަރ 2019
12 އުތުރަ
1441 މަހައްރަމް 19
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17
ރާއްޖެ - ޑިފެންސް މިނިސްޓަރ

ޓެރަރިޒަމްގެ ގާނޫނުތައް ހަދަނީ ޓެރަރިސްޓް އަމަލުތައް ހިންގިޔަ ނުދިނުމަށް: މާރިޔާ

  • ޓެރަރިޒަމްގެ ގާނޫނުތައް ހަދަނީ ސްރީލަންކާގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް އަމަލުތައް ހިންގިޔަ ނުދިނުމަށްޓަކައި

ތަހާރަތު މުހައްމަދު ވަހީދު
thahavahyd

ކ. މާލެ 12 ސެޕްޓެންބަރ 2019 | ބުރާސްފަތި 13:02 2,532

ޑިފެންސް މިނިސްޓަރ މާރިޔާ(ކ) އަދި މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު. - މިނިސްޓްރީ އޮފް ޑިފެންސް

ޖިނާއީ އަދުލުގެ ގާނޫނު ތަކަކީ ކުށެއް ކުރުމުން ދައުލަތުން ދޭ ރައްދެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ބިލާއި ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ހާއްސަ ރެޕަޓުއާ އަހުމަދު ޝަހީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ ޖިނާއީ އަދުލުގެ ގާނޫނު ތަކަކީ ކުށެއް ކުރުމުން ދައުލަތުން ދޭ ރައްދު ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނުތައް ހަދަނީ ސްރީލަންކާގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް އަމަލުތައް ހިންގިޔަ ނުދިނުމަށްޓަކައި ކަަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުގެ ޓެރަރިޒަމް ގާނޫނުތަކަށް ހިއުމަން ރައިޓްސް މީހުން ފާޑު ކިޔާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އެހެން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ގާނޫނު ފާސްކުރަން ހެޔޮ ނުވާނެ ކަމަށާއި އެކަމަކީ އައިސީސީޕީއާރްގެ 19 އަދި 20 ވަނަ މާއްދާއާއި ހިލާފު ކަމެއް ކަމަށް ޝަހީދު ވިދާޅުވެ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލުގައިވާ ގޮތުން ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި އެހެން މީހަކަށް ދިނުމާއި، އެހެން ތަނަކަށް ގެންދިއުމާއި އެއިން ވިޔަފާރިކުރުން ފަދަ އަމަލެއް ކުރަން އުޅޭ ކަމުގެ ތުހުމަތެއް ކުރަން އުޅޭ ފަރާތަކާމެދު ކޯޓު އަމުރެއް ނުލައި އެމީހަކު ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް