ބުދަ 18 ސެޕްޓެންބަރ 2019
12 އުތުރަ
1441 މަހައްރަމް 19
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17
ކުޅިވަރު - ޔޫރޯ ކޮލިފިކޭޝަން

ޔޫރޯ ކޮލިފިކޭޝަން: ފްރާންސްއިން އެންޑޯރާ ބަލިކޮށްފި

  • މި މެޗު ފްރާންސްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
AthifAthoof

ކ. މާލެ 12 ސެޕްޓެންބަރ 2019 | ބުރާސްފަތި 14:56 1,323

ފްރާންސް އަދި އެންޑޯރާ ބައްދަލުކުރި މެޗުގެ ތެރެއިން - ބީބީސީ

ޔޫރޯ ކޮލިފިކޭޝަނުގައި ފްރާންސްއިން ފަސޭހަކަމާއި އެކު އެންޑޯރާ ބަލިކުރި ނަމަވެސް ގްރޫޕްގެ ދެ ވަނައަށް ވެއްޓިއްޖެއެވެ.

ފްރާންސްއިން މި މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ފްރާންސްއިން މޮޅަށް ކުޅުނު އިރު އެޓީމުން ވަނީ އެންޑޯރާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ. ފްރާންސްއިން މި މެޗުގައި ލީޑު ނެގީ މެޗުގެ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިންގްސްލޭ ކޯމަންއެވެ.

މި ލަނޑާއެކު ފްރާންސްއިން ޕްރެސްކޮށްގެން ކުޅުނު އިރު އެންޑޯރާއިން ވަނީ ފްރާންސްގެ ގޯލަށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ފްރާންސްގެ ފަރާތުން އެޓޭކިންގް ގޭމެއް ފެނިގެން ދިޔައިރު މެޗުގެ 52 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ އިތުރު ލަނޑެއްޖަހާ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލެންގްލެޓެވެ.

މި މެޗުގައި ގްރީޒްމަން އަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ވަނީ ކީޕަރު ދިފާއުކޮށްފައެވެ.

ފްރާންސްއިން ޖެހި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ޔަޑާއެވެ.

މި ނަތީޖާއާއެކު ފްރާންސް އޮތީ ލިބުނު 15 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. ގްރޫޕްގެ އެއްވަނައިގައި އޮތް ތުރުކީ އަށް ވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. ނަމަވެސް ތުރުކީ އެއްވަނައިގައި އޮތީ ފައިދާ ގޯލު ގިނަވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް