އާދީއްތަ 19 ޖެނުއަރީ 2020
1 ހުވަން
1441 ޖުމާދަލްއޫލާ 24
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32
ކުޅިވަރު - ޔޫރޯ ކޮލިފިކޭޝަން

ހަތަރު ލަނޑު ޖަހާ ރޮނާލްޑޯ އަނެއްކާވެސް ރިކޯޑެއް ހަދައިފި

  • މި މެޗު ޕޯޗުގަލުން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
AthifAthoof

ކ. މާލެ 12 ސެޕްޓެންބަރ 2019 | ބުރާސްފަތި 10:06 7,748

ޕޯޗުގަލްގެ ކުޅުންތެރިން - ގެޓީ އިމޭޖާސް

ޔޫރޯ ކޮލިފިކޭޝަނުގައި ލިތުއޭނިއާ ކޮޅަށް ހަތަރު ލަނޑު ޖަހާ ރޮނާލްޑޯ އޭނާގެ ފެންވަރު ދައްކައިލައިފިއެވެ.

ލިތުއޭނިއާ ކޮޅަށް ރޮނާލްޑޯ ޖެހި ހަތަރު ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ޔޫރޯ ކޮލިފިކޭޝަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. މި ރެކޯޑު ކުރިން އޮތީ ރޮބީ ކޭން އަތުގައެވެ. ރޮބީ ކޭން ކޮލިފިކޭޝަނުގައި 23 ލަނޑު ޖަހައިފައިވާއިރު ރޮނާލްޑޯ ލިތުއޭނިއާ ކޮޅަށް ޖެހި ހަތަރު ލަނޑާއެކު ކޮލިފިކޭޝަނުގައި ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު މިވަނީ 25 އަރައިފައެވެ.

މި މެޗު ޕޯޗުގަލް އިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ޕޯޗުގަލް އިން އެޓޭކިންގް ގޭމެއް ކުޅެމުން ދިޔައިރު މެޗުގެ ހަތްވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި ލަނޑާއެކު ލިތުއޭނިއާ އިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ޕޯޗުގަލްގެ ގޯލަށް ހަމަލާ އުފައްދަން ފެށިއެވެ. މެޗުގެ 28 ވަނަ މިނެޓުގައި ލިތުއޭނިއާ އިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިތޯތަސްއެވެ. މި ލަނޑާއެކު ޕޯޗުގަލުން އެ ޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށް ލިތުއޭނިއާގެ ހާފަށް ބާރުބޮޑު ކޮށްފައިވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. ރޮނާލްޑޯ އޭނާ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 65 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ. ރޮނާލްޑޯ އޭނާގެ ހަތަރުވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖެހި އިރު ޕޯޗުގަލް އިން ޖެހި ފަހު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިލިއަމްއެވެ.

މި ނަތީޖާއާއެކު ޕޯޗުގަލް އޮތީ 8 ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނައިގައެވެ. މި ގްރޫޕްގެ އެއްވަނައިގައި 13 ޕޮއިންޓާއެކު އޮތީ ޔޫކްރެއިންނެވެ. އަދި ތިންވަނައިގައި އޮތް ސާބިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް