ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 07:25
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ފަލަސުރުހީ
ފަންނާނުންނަށް ފަހި ފުރުސަތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު ޔުމްނާ
 
އޮންލައިން ފްލެޓްފޯމްތަކުން ޖާގަ ހޯދައިދިނުމަށް މަސައްކަތްތައް ކުރޭ
 
ފަންނާނުންގެ ހިޔާލުތައް ހޯދައި ކަންބޮޑުވުންތައް ވަނީ އޮޅުންފިލުވާފައި

މިނިސްޓްރީން ޚާއްސަ ސަމާލު ކަމެއްދީގެން މަސައްކަތް ކުރަނީ ފަންނާނުންނަށް ފަހި ފުރުސަތައް ހޯދައިދިނުމަށް ކަމަށް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ މިނިސްޓްރީގެ މެންޑިޑޭޓްގައި އޮންނަނީ ފަންނުވެރިކަން ކުރިއެރުވުމާއި ސަގާފީތަރިކަ ރައްކާތެރިކުރުމަށް ކަމަށެވެ. އަދި ފަންނާނުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތަށް މާކެޓް ހޯދައިދިނުމަކީ ވެސް މިނިސްޓްރީން ކުރާނެ ކަމެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ފަންނުވެރިކަން ކުރިއެރުވުމަށް ފަންނާނުންނާއި ބައްދަލުކޮށް، ފަންނާނުންގެ ހިޔާލުތައް ހޯދައި ކަންބޮޑުވުންތައް އޮޅުންފިލުވާފައިވާ ކަމަށާއި ފަންނާނުންނަށް އެކިކަންތައްތަކުން އެހީތެރިކަން ލިބޭނެ ގޮތްތައް ބަލައި ފަހި ފުރުސަތުތައް ހޯދައިދިނުމަށް އެކިލެވަލްގައި މަސައްކަތްތައް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ތެރެއިން އާޓް ގެލަރީ އާއި، އޮލިންޕަސް މަރާމާތު ކުރުމާއި އެތަންތަން ފަސޭހައިން ބޭނުން ކުރެވޭ ގޮތްތައް ހެދުން. އާޓް ގެލަރީ ގައި ވެސް އެނގިވަޑައިގަންނަވާނެ ވަރަށް ރަނގަޅު އެކްޒިބިޝަންތަކެއް ބޭއްވިގެން ހިގައްޖެ .ދެން މީގަ އަޅުގަނޑުމެން ބަލަނީ އަމިއްލަ ފަރާތްތަކުން އަދި އަމިއްލަ ޖަމިއްޔާޖަމާއަތްތަކުން މިފަންނުވެރިން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ ސަޕޯޓު ދެވޭނެ ގޮތްތަކެއް. އޮލިންޕަހުގައި ވެސް ތަފާތު މާރާމާތުތައް ކުރެވި ފިލްމް ޝޯވތައް އަޅުމުންދަނީ.
މިނިސްޓަރު ޔުމްނާ ވިދާޅުވި

މިނިސްޓަރު ޔުމްނާ ވިދާޅުވީ ފަންނުވެރިކަން އުފެއްދުންތައް ފަތުރުވެރިންނާއި ހަމައަށް ވެސް އަދި އެކި ގޮތްގޮތުން އޮންލައިން ފްލެޓްފޯމްތަކުން ވެސް މާކެޓް ކުރެވޭ ގޮތްތައް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީއާ ވެސް މަޝްވަރާތައް ކުރެވި ފަންނަނުވެރިންނަށް ފައިދާ ލިބޭނެ ގޮތަކަށް އުފެއްދުންތައް ކުރިއެރުވޭތޯ މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަލަސުރުހީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމް ވިދާޅުވީ އާޓް ގެލަރީ އާއި، އޮލިމްޕަސް ތަރައްގީ ކުރަންޖެހޭ ކަމަށާއި ދާއިރާގެ މަސައްކަތްތައް ފެށީ ފަންނުވެރިންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ކަމަށެވެ. އަދި ކަންތައްތައް ބަދަލު ކުރަން ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ އާޓް ގެލަރީ، އޮލިމްޕަސް ކުއްޔަށްދެވޭ ނުވަތަ ފަންނުވެރިންނަށް ބޭނުންކުރަން އެދެވޭ އުސޫލުތައް ބަދަލުކުރުމުގެ މަސައްކަތް ކުރާ ކަމަށާއި، މަސައްކަތް ކުރަނީ ދާއިރާގެ ބޭފުޅުންގެ ހިޔާލާއެކު ކަމަށެވެ

އެގޮތުން އޮލިމްްޕަސް އަދި

އާޓް ގެލަރީގައި ބައެއް މަރާމާތުތައްކޮށް، ބަދަލުތައް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިކްރާމް ވިދާޅުވީ މިއަހަރުގެ ބަޖެޓުން ކުރަން ބޭނުންވާ ހުރިހާ މަސައްކަތެއް ނުވާނެ ކަމަށާއި، ނަމަވެސް ކުދިކުދި މަސައްކަތް މިހާރު ވެސް ކޮށްފައިވާ ކަމަށެވެ. އަދި އަންނަ އަހަރަށް ވަކި ބަޖެޓަކާއެކު ޕްލޭން ކުރަމުން އަންނަކަމަށް އިކްރާމް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް